ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ހަޔާތާ ގުޅޭގޮތުން އުފައްދާ "ކާލާ ހިރަން: ބެޓްލް ފޯ ލެގަސީ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވަގުތުން ހުއްޓުވައިދިނުމަށް އެދި އޭނާ ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ސަލްމާން ޚާން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، މި ފިލްމަކީ 1998 ވަނަ އަހަރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަޅު ފުއްލަ (ބްލެކްބަކް) ޝިކާރުކުރި މައްސަލައަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށާއި، މީގެ ސަބަބުން އޭނާގެ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަ މިނިވަންކަމާއި އަބުރަށް އުނިކަން އަންނަ ކަމަށެވެ.
މި ފިލްމުގެ އުފެއްދުންތެރިން ސަލްމާންއާ ވައްތަރު މީހަކު ބޭނުންކޮށްގެން، އޭނާގެ އަމިއްލަ ސިފަތަކާއި އޭނާ އަޅާ ފާހަގަކޮށްލެވޭ ބްރޭސްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ފިލްމު ޕްރޮމޯޓް ކުރަމުންދާ ކަމަށްވެސް ސަލްމާން ތުހުމަތުކޮށްފައި ވެއެވެ. މީގެ އިތުރުން، މި ފިލްމުގެ ސަބަބުން މިހާރު ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވައި، އޭނާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ސަލްމާންގެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލާގައި ސަލްމާން އެދިފައިވަނީ ފިލްމު އުފެއްދުމާއި، އިޝްތިހާރު ކުރުމާއި، ރިލީޒްކުރުމުގެ އިތުރުން އެއްވެސް ޕްލެޓްފޯމެއްގައި މި ފިލްމު ދެއްކުން ހުއްޓުވުމުގެ އަމުރަކަށެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން، ސަލްމާން ވަނީ ފިލްމު އުފައްދާ ފަރާތްތަކަށް ލީގަލް ނޯޓިސްއެއްވެސް ފޮނުވާފައެވެ. އެ ނޯޓިސްގައި ބުނެފައިވަނީ ކަޅުކުލައިގެ ފުލަނދު ޝިކާރުކުރި މައްސަލަ އަދިވެސް ރާޖަސްތާން ހައިކޯޓުގައި އޮތުމާއެކު، މިފަދަ ފިލްމެއް އުފެއްދުމަކީ އިންސާފު ގާއިމުކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
"ކާލާ ހިރަން" ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިދިޔަ މަހު އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ލިބިފައެވެ. މި ފިލްމަކީ ކޯޓްރޫމް ޑްރާމާ އަދި ކްރައިމް ތުރިލާއެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ. މީގައި ސަލްމާން ޚާން އާއި މަޝްހޫރު ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީއާ ދެމެދު އޮތް ޒަމާންވީ ދެކޮޅުވެރިކަންވެސް ސިނެމެޓިކް ގޮތަކަށް ދައްކުވައިދޭނެ ކަމަށް ބެލެވެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ވަރަށް އަވަހަށް ދިއްލީ ހައިކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު