މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހީމާއި، އާދަމް ޝަރީފް ޢުމަރު، ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީގެ އިއްތިފާގުން ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް އުމަރާއި، ޠާރިޤް އިބްރާހިމް ސަފީރު ކަމަށް އައްޔަނު ކުރުމަށް ރުހުން ހޯދުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ.

ޤަތަރުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް އާދަމް ޝަރީފް އައްޔަނު ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު 9 މެންބަރުން ވަނީ އޭނާ އެ މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ޠާރިޤު އިބްރާހިމް އައްޔަން ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.

ޠާރިގާއި، އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގައެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު