ސްކޫލްތަކުގެ ކްލާސްރޫމްތަކަކީ ފޯނުގެ އުނދަގުލުން އެއްކިބާވެފައިވާ ތަންތަނަށް ހެދުމަށް ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރު ދަނީ މި ބަދަލު ގެންނަމުންނެވެ.
ޔުނެސްކޯގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، ދަރިވަރުންގެ ސަމާލުކަން އިތުރުކުރުމަށާއި، އުނގެނުމަށް އެޅޭ ހުރަސްތައް ނައްތާލުމަށާއި، އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ގައުމުތަކަކުން ވަނީ ސްކޫލްތަކުގައި ސްމާޓްފޯން ބޭނުންކުރުން ކޮންޓްރޯލްކޮށް ނުވަތަ މަނާކޮށްފައެވެ. ޔުނެސްކޯގެ އެންމެ ފަހުގެ "ގްލޯބަލް އެޑިއުކޭޝަން މޮނިޓަރިންގ ރިޕޯޓް" ދައްކާގޮތުގައި، ދުނިޔޭގެ 114 ގައުމެއްގެ ތައުލީމީ ނިޒާމުގެ ތެރެއިން މިހާރު ވަނީ ގައުމީ ފެންވަރުގައި ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައެވެ. މިއީ ދުނިޔޭގެ ތައުލީމީ ނިޒާމުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ. މިއީ މީގެ މަދު އަހަރުތަކެއް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
މި ފިޔަވަޅު އަޅަން މެދުވެރިވި މައިގަނޑު ސަބަބަކީ ސްމާޓްފޯނުގެ ސަބަބުން ކިޔެވުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު އޮތް ކަންބޮޑުވުންތަކެވެ. ގިނަ މުދައްރިސުން ފާހަގަކުރާ ގޮތުގައި، ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ކްލާސްރޫމްގެ ފިލާވަޅުތަކަށް ބުރޫއަރައި، ދަރިވަރުންގެ ފޯކަސް ކުޑަވެ، ނަތީޖާ ދަށްވެއެވެ. މީގެ އިތުރުން ސައިބަރ ބުލީންގ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމާއި، ސޯޝަލް މީޑިއާގެ ނުފޫޒާއި، އަދި މާގިނަ ވަގުތު ސްކްރީންތަކަށް ހޭދަކުރުމަކީ ވެސް މިފަދަ ނިންމުންތަކަށް ބާރުލިބޭ ސަބަބުތަކެވެ.
މިކަމުގައި ބައެއް ގައުމުތަކުން ވަނީ ވަރުގަދަ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފްރާންސް، އިޓަލީ، ނެދަލޭންޑްސް، ނިއުޒީލޭންޑް، ބްރެޒިލް، ފިންލޭންޑް އަދި ސްވިޑަން ފަދަ ގައުމުތައް ފާހަގަކޮށްލެވެއެވެ. ގައުމުތަކުގެ ގަވާއިދުތަކަށް ކުދިކުދި ބަދަލުތައް ހުރި ނަމަވެސް، ގިނަ ގައުމުތަކުގެ އަމާޒަކީ ކިޔަވައިދޭ ގަޑިތަކުގައާއި ސްކޫލް ވަގުތުތަކުގައި ފޯނު ބޭނުންކުރުން ހުއްޓުވުމެވެ.
މި ނިންމުމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި، ފޯނު ފަދަ ސަމާލުކަން ގެއްލުވައިލާ ވަސީލަތްތައް ދުރުކުރުމުން، ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން އިތުރުވެ، މުދައްރިސުންނާ އޮންނަ ގުޅުން ރަނގަޅުވެ، އަދި ދަރިވަރުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ބަދަހިވެއެވެ. މި ބަދަލާއެކު ދަރިވަރުންގެ އަޚްލާގަށާއި ކިޔެވުމުގެ ޝައުގުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ބައެއް ސްކޫލްތަކުން ފާހަގަކުރެއެވެ.
ނަމަވެސް، މިއީ އަދިވެސް ބަހުސް ކުރެވެމުންދާ މައުޟޫއެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޒިންމާދާރުކަމާއެކު ބޭނުންކޮށްފިނަމަ ސްމާޓްފޯނަކީ އުނގެނުމަށް ބޭނުންތެރި، މަޢުލޫމާތު ހޯދުމަށް ފަސޭހަ ވަސީލަތެކެވެ. އެހެންކަމުން ބައެއް މާހިރުން ލަފާދެނީ މުޅިން މަނާކުރުމުގެ ބަދަލުގައި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ފޯނު ބޭނުންކުރުމުގެ ފުރުސަތު ދިނުމަށެވެ. ޔުނެސްކޯއިން ބާރުއަޅަނީ ޓެކްނޮލޮޖީ ބޭނުންކުރަންވާނީ އޭގެ ސަބަބުން އުނގެނުމުގެ ނަތީޖާއަށް ސީދާ ފައިދާއެއް ކުރާނަމަ އެކަނި ކަމަށެވެ.
މި މައްސަލައިގައި ބެލެނިވެރިންގެ މެދުގައި ވެސް ތަފާތު ޚިޔާލުތައް އެބަހުއްޓެވެ. ގިނަ ބެލެނިވެރިން ފޯނު މަނާކުރުމަށް ތާއީދުކުރާއިރު، ކުއްލި ހާލަތްތަކުގައި ދަރިންނާ ގުޅޭނެ ގޮތެއް އޮތުމަކީ ބައެއް ބެލެނިވެރިން ބޭނުންވާ ކަމެކެވެ. އެހެންކަމުން، ދުނިޔޭގެ ސްކޫލްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ދަރިވަރުންގެ ރައްކާތެރިކަމާއި އުނގެނުމުގެ ފެންވަރު ހިފެހެއްޓޭނެ ފަދަ ހަމަހަމަ އުސޫލުތަކެއް އެކުލަވާލުމަށެވެ.
ޖުމްލަގޮތެއްގައި، ސްމާޓްފޯން މަނާކުރުން އިތުރުވުމަކީ ބައިނަލްއަގުވާމީ ތައުލީމީ ސިޔާސަތަށް އަންނަމުންދާ ބޮޑު ބަދަލެކެވެ. މިއީ ޑިޖިޓަލް ޒަމާނުގެ ގޮންޖެހުންތަކުން ދަރިވަރުން ސަލާމަތްކޮށް، އުނގެނުމަށް އިސްކަންދޭ މާހައުލެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު