ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ. ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި މި އޮޕަރޭޝަނުގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޕޮޓޭޓޯ ޗިޕްސް ދަޅުތަކެއްގެ ތެރޭގައާއި، ޗޮކްލެޓް ޕައުޑަރު ބަންދުކޮށްފައި ހުރި ޕެކެޓުތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން ވޭޕްތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވަނީ ހޯދާފައެވެ.
އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތަފްޞީލް:
ވޭޕް ކާޓްރިޖް: 1،108
ވޭޕް ޑިވައިސް: 27
ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ޤާނޫނާ ޚިލާފަށް ރާއްޖެއަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

SEN
ކިޔުންތެރިންގެ ހިޔާލު