އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އައްލޫ އަރުޖުން އާއި ކާމިޔާބު ޑައިރެކްޓަރު އެޓްލީ ގުޅިގެން އުފައްދާ އެންމެ އުންމީދީ ފިލްމު "ރާކާ" ރިލީޒްކުރާނެ ތާރީޚަކާ ބެހޭ ގޮތުން އާ ރިޕޯޓްތަކެއް ފެންމަތިވެއްޖެއެވެ.
ޑެކަން ކްރޮނިކަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޮޑު މަޝްރޫއު ސިނަމާތަކަށް ގެނައުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ރޭވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ، މި އަހަރުގެ ނިޔަލަށް ފިލްމުގެ ޝޫޓިންގ އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މި ތާރީޚާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މި ފިލްމުގެ މަސައްކަތަށް ހުރިހާ ސަމާލުކަމެއް ދިނުމުގެ ގޮތުން، އައްލޫ އަރުޖުން ކުރިއަށް އޮތް ދެތިން އަހަރަށް މުމްބާއީއަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ފްރީ ޕްރެސް ޖާނަލްގައިވާ ގޮތުން، ދަތުރުފަތުރުގެ ސަބަބުން ލިބޭ ވަރުބަލިކަމުން ސަލާމަތްވެ، ފިލްމަށް ފުރިހަމައަށް ވަގުތު ދިނުމަށްޓަކައި އޭނާ ވަނީ މި ނިންމުން ނިންމާފައެވެ.
"ރާކާ" ގައި އައްލޫ އަރުޖުންއާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދީޕިކާ ޕަދުކޯންއެވެ. މީގެ އިތުރުން މުރުނާލް ތާކޫރް، ރަޝްމިކާ މަންދަންނާ އަދި ޖާންވީ ކަޕޫރު ފަދަ މަޝްހޫރު ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މި ފިލްމުގެ ޓީޒާ ޝާހްރުކް ޚާން ނެރެދޭން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް މިހާރު ވަނީ ކަށަވަރުވެފައެވެ. ސަން ޕިކްޗަރސްއިން 700 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ކުރިއަށް އޮތް ޝޫޓިންގ މުމްބާއީގެ ސްޓޫޑިއޯއެއްގައި ވަރަށް އަވަހަށް ފެށުމަށް ވަނީ ތާވަލް ކުރެވިފައެވެ.

JOR
ކިޔުންތެރިންގެ ހިޔާލު