އިންޑިއާގެ ފިލްމީ ދާއިރާގައި މިހާރު ވިދަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރްވަރީ ވާގް އަދި ވެދަންގް ރައިނާ، މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.
މި ދެ ތަރިން ބުނި ގޮތުގައި ރަންވީރު ސިންގް އަކީ ކޮންމެ ކަހަލަ ރޯލެއްވެސް ނުހަނު ފުރިހަމައަށް ކުޅެލުމުގެ ގާބިލުކަން ލިބިފައިވާ، ބޮލީވުޑްގައި ހުރި އެންމެ "ވާސަޓައިލް" ނުވަތަ ތަފާތު ރޯލުތަކަށް ފަސޭހައިން ހޭނޭ އެކްޓަރެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި ކޮންމެ ކެރެކްޓަރަކަށްވެސް ފަސޭހަކަމާއެކު ބަދަލުވެލެވޭ ފަންނާނަކީ ކޮބައިތޯ ސުވާލުކުރުމުން، ޝަރްވަރީ އާއި ވެދަންގް އެއްބަސްވީ އެއީ ރަންވީރު ކަމަށެވެ. ޝަރްވަރީ ބުނިގޮތުގައި ރަންވީރުގެ ސިފައާއި، ވާހަކަދައްކާ ގޮތާއި، އުޅުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ބައެއް ރޯލުތަކުން އޭނާ ދެނެގަންނަންވެސް އުނދަގޫވެއެވެ. ވެދަންގްވެސް ވަނީ ރަންވީރުގެ މި ހުނަރުވެރިކަމަށް ތައުރީފުކޮށް، އޭނާއަކީ ތަފާތު ރޯލުތައް ކުޅުމުގެ ސާފު މިސާލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ރަންވީރުގެ މި ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އޭނާގެ "ދުރަންދަރު" ފްރެންޗައިޒްގެ ފިލްމުތަކުންނެވެ. މި ފިލްމުތަކުގައި އޭނާ ދައްކުވައިދޭ ހަށިގަނޑުގެ ބަދަލުތަކާއި ހުނަރުވެރިކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ރަންވީރު މިހާރު ވެފައިވަނީ ހިންދީ ސިނަމާގެ 1,000 ކްރޯޑް ކްލަބަށް ވަދެފައިވާ އެންމެ ނުފޫޒުގަދަ އެއް ތަރިއަށެވެ.
މީގެ އިތުރުން، ފިލްމީ ދާއިރާގެ އެހެން ޚަބަރުތަކަށް ބަލާއިރު، އިމްތިޔާޒް އަލީ ޑައިރެކްޓްކޮށްފައިވާ "މޭން ވާޕަސް އާއުންގާ" އަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މި ފިލްމަކީ 95 އަހަރުގެ މީހަކު ޕާކިސްތާނަށް ދިއުމަށް ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އިންޑިއާ ބައިބައިވީ ދުވަސްވަރުގެ ހަނދާންތައް އާކޮށްދޭ އަސަރުގަދަ ފިލްމެކެވެ.
ފިލްމުގެ ވިޔަފާރިއަށް ބަލާއިރު، ފާއިތުވި ހޯމަ ދުވަހު މި ފިލްމަށް ލިބިފައިވަނީ 97 ލައްކަ ރުޕީސްއެވެ. މިއީ ފިލްމު ރިލީޒްކުރި ފަހުން އެންމެ ދަށް އަދަދެއް ލިބުނު ދުވަސް ނަމަވެސް، ފުރަތަމަ ހަފުތާ ބަންދުގައި ފިލްމަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިހާތަނަށް އިންޑިއާއިން އެކަނި މި ފިލްމަށް ޖުމްލަ 7.74 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މި ފިލްމުގެ ކާމިޔާބީގައި އޭގެ މިއުޒިކްވެސް މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްޞަކޮށް ދިލްޖީތު ދޯސާންޖް ކިޔާފައިވާ "ކިޔާ ކަމާލް ހޭ" އާއި، "މަސްކަރާ" އަދި "އިޝްގް މަސްތާނާ" ފަދަ ލަވަތަކަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

JOR
ކިޔުންތެރިންގެ ހިޔާލު