އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ޕީޖީ ހުސެއިން ޝަމީމް މަޖިލީހުގެ ކޮމެޓީގައި މައުލޫމާތު ދެއްވަނީ
އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ޕީޖީ ހުސެއިން ޝަމީމް މަޖިލީހުގެ ކޮމެޓީގައި މައުލޫމާތު ދެއްވަނީ
ކޯވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި ދައުވާ ނުކުރަން ނިއްމި ނަމަވެސް މަޝްވަރާކޮށްގެން، ދެ މުއައްސަސާގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލުކޮށްގެން، އެ މައްސަލާގައި އަދިވެސް ދައުވާކުރެވޭނެ ކަމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕީީޖީ ވަނީ ނިއްމަވާފައެވެ.

އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ އާއި ޕްރޮސެކިއުޓަރ ޖެނެރަލް މިއަދު ވަނީ ހާޒިރުކޮށްފައެވެ. ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކޮމިޝަނުން ގަބޫލު ކުރައްވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިޔުޝަނާއެކު ތިން ބައްދަލުވުމެއް ބޭއްވުނު ކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ އެ މައްސަލަ ދައުވާކުރަން ފޮނުވާފައިވަނީ ޕީޖީގެ ވަކީލުން ފާހަގަކުރި ބައެއް ކަންތައްތައް އިސްލާހުކޮށްފައި ކަމަށެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލަ އޭސީސީ އިން ދައުވާ ކުރަން އެދި ފޮނުވީ ޑިއުޓީ ޕްރޮސެކިޔުޝަނަށް ހަމަޖެހިފައިވާ އޮންނަ މަރުހަލާ ފުރިހަމަ ނުވަނީސް ކަމަށެވެ. އެހެން ނަމަވެސް ދައުވާ ކުރަން ފޮނުވީ ބަލަންވާ ވަރަށް ނުބަލައި އަވަސް އަރުވާލައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"ޑިއުޓީ ޕްރޮސެކިޔުޝަން މަރުހަލާ މި އޮންނަނީ ހާއްސަ ސިސްޓަމެއްގެ ތެރެއިން. އެ ސިސްޓަމް ހަމަޖެހިފައި އޮންނަ ގޮތުން ޑިޔުޓީ ޕްރޮސެކިޔުޝަން ނިމުނުކަމަށް ކަނޑައަޅަންޖެހޭ. އެގޮތަށް އެ މަސައްކަތް ތަރުތީބު ވެފައި އޮންނަނީ." ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އެހެން ވިދާޅުވި ނަމަވެސް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ޑިއުޓީ ޕްރޮސެކިޔުޝަނަކީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއް ނޫން ކަމަށެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ވަކީލުންގެ ފަރާތުން ހޯދަން އެދުނު މައުލޫމާތެއް ނުލިބި ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ހޭދަވި ކަން ޝިއުނާ ވަނީ ފާހަގަކުރަށްވާފައެވެ. އެއީ އޭސީސީން މަސައްކަތް ކުރަން ބޭނުންވި ސްޕީޑު ނޫންކަމަށް ޝިއުނާ ވިދާޅުވިއެވެ.

"ޕްރޮސެކިޔުޓަރުންނެއް ނޫން އަޅުގަނޑުމެން ދައުވާ ކުރާނެ މައްސަލަތައް ނިންމާނީ، އޭސީސީން ނިންމާނީ." ޝިއުނާ ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދެފަރާތުން ދެއްކި ވާހަކަ ތަކަށް ބަލާއިރު މިމައްސަލައިގެ ތަހުގީގީ މަރުހަލާގައި އޭސީސީއާއި ޕީޖީ އޮފީހާއި ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގައި ނޫނީ މުއާމަލާތް ކުރުމުގައި މައްސަލަތަކެއް ހިނގާފައިވާކަން ވަނީ ފާހަގަ ކުރެވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ހުސޭނު

21-Oct-2020

ރަންގަޅައް ތަހުގީގު ކޮއް ފިޔަވަޅު އަޅަން ޖެހޭފަރަތް ތައް ހޯދާ ސަރީޔަތް ކޮއް އަދަބު ލިބެން ޖެހޭނަމަ އަދަބު ދޭން ޖެހޭނެ ގާނޫނުގެ ކުރިމަތީގަ އެންމެން ހަމަ ހަމަ


-1

އައްބެ

21-Oct-2020

ހެކި ހުންނާނެ ހޯދާ ރަންގަޅައް ބަލާ ދޫކޮއްގެން ނުވާނެ އެކަކުވެސް އެއީ ރައްޔިތުންގެ ފައިސާ



ޓްރެންޑިން