މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި، މިތަކެތި އަތުލައިގަތީ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއްގައި ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ޝައްކުކުރެވިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި ޖޫން މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދެވުނު މި އޮޕަރޭޝަނުގެތެރެއިން، ބަލައި ފާސްކުރުމުގެ ތެރޭގައި އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި 15،601 ވޭޕް ކާޓްރިޖް ވަނީ ފެނިފައިއެވެ. މިތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން، އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފެހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ.

ހަމައެއާއެކު، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަސްޓަމްސްއިން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.

ރާއްޖެއަށް ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު