ސަރުކާރުގެ އެކި ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ އިޤްތިޞާދު ފުޅާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) "ރައިޓްސައިޒް" ކުރުމުގެ ނުވަތަ އެދެވޭ ސައިޒަކަށް ކުޑަކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާ ކަމަށެވެ. ހާއްސަކޮށް ފެނަކަ ކޯޕަރޭޝަނަށް މިވަގުތު ބޮޑު ސަމާލުކަމެއް ދީގެން މި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ސައިޒު ކުޑަކުރަން ނިންމެވީ އެއީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޤަބޫލުކުރެއްވޭތީ ކަމަށެވެ. ކުންފުނިތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ވަޒީފާތަކުގައި ހިފަހައްޓާފައި ތިބުމުން، ޤައުމުގެ އިޤްތިޞާދު ފުޅާވެ، އުފެއްދުންތެރިކަން އިތުރުނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަންކަން ރަނގަޅުކުރުމަށް ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ހާއްސަކޮށް މަސްވެރިކަމުގެ ސިނާޢަތަށާއި އެހެނިހެން ދާއިރާތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ އޮނިގަނޑު ކުޑަކުރުމުން މަސްވެރިކަމުގެ ސިނާޢަތަށް ނުކުންނަ ޒުވާނުން އިތުރުވެގެންދާނެ ކަމަށާއި، މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ނުވަތަ ޕްރައިވެޓް ސެކްޓަރަށް ބޭނުންވާނެ ހީވާގި ޒުވާނުން ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު ވަނީ އަންގާފައެވެ.
ޕީސީބީގެ އެ އެންގުމާ އެއްގޮތަށް، ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އެކި ޕެކޭޖުތަކުގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ބައެއް ކުންފުނިތަކުން މިހާރު ވަނީ މުވައްޒަފުންނަށް ހުޅުވާލާފައެވެ.

PAR
ކިޔުންތެރިންގެ ހިޔާލު