އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމްޕަވަތް ޑިސްޓްރިކްޓް
އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމްޕަވަތް ޑިސްޓްރިކްޓް
އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމްޕަވަތް ޑިސްޓްރިކްޓްގައި ހިމެނޭ ލޯހާގާތަކީ، އެތަނުގެ ހިތްގައިމު ގުދުރަތީ ރީތިކަމުގެ އިތުރުން، ބިރުވެރި ހާދިސާތަކަކަށް މަޝްހޫރުވެފައިވާ ތަނެކެވެ.

މި ސަރަހައްދުގައިވާ 'އެބޮޓް މައުންޓް' އަކީ އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރު ޖޯން އެބޮޓް ކިޔާ މީހަކު އާބާދުކުރި ތަނެކެވެ. މިތަނުގައި ހުރި އެބޮޓް މެންޝަނާއި 1942 ވަނަ އަހަރު ބިނާކުރި ފައްޅިއަކީ، މިހާރު ފަޅުވެފައިވާ އަދި ގިނަ ބައެއްގެ މެދުގައި ބިރުވެރި ތަންތަނުގެ ގޮތުގައި މަޝްހޫރުވެފައިވާ ދެ ބިނާއެވެ.

މި ސަރަހައްދުގެ ބިރުވެރި ވާހަކަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ 'ޑޮކްޓަރު މޮރިސް' ކިޔާ މީހަކާއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެތަނުގައި ހޮސްޕިޓަލެއް ހިންގިއިރު، މަރުގެ ދާނުގައި ތިބޭ ބަލިމީހުން ބޭނުންކޮށްގެން އަމިއްލަ އެކްސްޕެރިމެންޓްތައް ކުރިއަށް ގެންދިޔައެވެ. އަދި ބަލިމީހަކު މަރުވާނެ ސީދާ ވަގުތު އޭނާ ކުރިން ބުނެދޭ ކަމަށްވެސް ރެކޯޑް ކުރެވިފައިވެއެވެ.

އަދި މީގެ އިތުރުން އެހޮސްޕިޓަލުގައި ހުރި 'މުކްތީ ކޯތީ' ގެ ނަމުން ނަންދެވިފައިވާ ކޮޓަރިއަކީ، ފަރުވާ ދިނުމުގެ ނަމުގައި ބަލިމީހުންގެ ފުރާނަ ދުއްވާލުމަށް އޭނާ ބޭނުންކުރި ތަނެއް ކަމަށްވެސް ބުނެއުޅެއެވެ.

އެގޮތުން، މިހާރުވެސް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ރޭގަނޑުގެ ވަގުތުތަކުގައި ބިރުވެރި އަޑުތައް އިވޭ ކަމަށާއި، ކާކުކަން ނޭނގޭ ފާޑުގެ ހިޔަނިތައް ފެންނަ ކަމަށް ބުނެ އެކި ވާހަކަތައް ހިއްސާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު