އިންޑިއާއަށް އުފަން، އުމުރުން 21 އަހަރުގެ ޒުވާން ވައިޝްނަވީ ރާމަލިންގަމް ވަނީ ގިނަގުނަ ގޮންޖެހުންތަކާއި ނާކާމިޔާބީތަކަށް ކެރިގެން ކުރިމަތިލައި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމަށްވާ އޮކްސްފޯޑް ޔުނިވަރސިޓީގެ 'ކްލެރެންޑަން ސްކޮލަރޝިޕް' ހާސިލުކޮށްފައެވެ. މި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ މި ޝަރަފުވެރި ފުރުސަތު ކާމިޔާބުކުރި އިންޑިއާގެ ފުރަތަމަ އަންހެން ޤާނޫނީ ދަރިވަރަށެވެ.
ގާތްގަނޑަކަށް 20 މިލިއަން އިންޑިއާ ރުޕީސްގެ އަގުހުރި މި ފުލް ފަންޑް ސްކޮލަރޝިޕްގެ ދަށުން، ވައިޝްނަވީ މިއަހަރު އޮކްސްފޯޑްގައި ޤާނޫނީ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަން ފަށާނެއެވެ. މި ފުރުސަތުގެ ދަށުން އޭނާގެ ތަޢުލީމީ ހުރިހާ ޚަރަދަކާއި ދިރިއުޅުމުގެ ޚަރަދުތައް ފުރިހަމައަށް ހަމަޖެހިގެންދާނެއެވެ.
މި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ވައިޝްނަވީ ކުރި ދަތުރަކީ އުނދަގޫ އަދި ކެތްތެރިކަން އިސްކުރަންޖެހުނު ދަތުރެކެވެ. އަށް މަސް ދުވަހުގެ ދިގު އިންތިޒާރާއި، އެކި މަރުހަލާތަކުން ކުރިމަތިވި ނާކާމިޔާބީތަކުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވި ދަނޑިވަޅުތައް ވެސް ދިޔައެވެ. ނަމަވެސް، އެ ހުރިހާ މާޔޫސްކަމެއް ގިރާކޮށް އޭނާ ދެއްކި ސާބިތުކަމަކީ މިއަދު އޭނާއަށް މި ލިބުނު ބޮޑު ކާމިޔާބީގެ އަސްލެވެ.
އާއިލާއިން ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރި ފުރަތަމަ މީހާގެ ޝަރަފު ވެސް އޮތް ވައިޝްނަވީއަކީ މީގެ ކުރިން ޕޫނޭގެ ސިމްބަޔޯސިސް ލޯ ސްކޫލުން ބީއޭ އެލްއެލްބީ (އޮނަރސް) ފުރިހަމަކޮށްފައިވާ ދަރިވަރެކެވެ. އޭގެ ފަހުން ނެދަލޭންޑްސްގެ ލައިޑަން ޔުނިވަރސިޓީން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ދާއިރާއިން މާސްޓާސް ހާސިލުކުރިއިރު، އޭނާ ވަނީ މުޅި ކޯހުން އެންމެ މޮޅު ދަރިވަރުގެ މަގާމު ވެސް ހޯދާފައެވެ. މީގެ އިތުރުން އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ޚާއްސަ މަސައްކަތްތަކުގައި ވެސް އޭނާ ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
އޮކްސްފޯޑްގައި ވައިޝްނަވީ ކުރިއަށްގެންދާ ދިރާސާތައް ބިނާކުރާނީ ކުޑަކުދިންގެ ހައްގުތަކާއި އިންސާނީ ކަރާމާތުގެ މައްޗަށެވެ. އެއް އިރެއްގައި ހުވަފެނެއްގެ ގޮތުގައި ފެނުނު ކަންކަން ހަގީގަތަކަށް ހެދިދާނެކަން ސާބިތުކޮށްދިން ވައިޝްނަވީގެ މި ވާހަކައަކީ، ހިތްވަރު އެލޭ ދަނޑިވަޅުތަކުގައި ކޮންމެ ޒުވާނަކަށްމެ ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު