ބަރަހަނާ ފޮޓޯތަކެއްގެ ބަދަލުގައި އިންޑިއާ ސިފައިންގެ ސިއްރު ހަނގުރާމަވެރި ޕްލޭންތަކެއް ޕާކިސްތާނުގެ ޖާސޫސަކަށް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ވައިގެ ސިފައިންގެ އޮފިސަރަކު ހައްޔަރު ކޮށްފިއެވެ.
ދިއްލީ ފުލުހުން ކޯޓަށް ހުށަހެޅި ޗާޖުޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ވިންގް ކޮމާންޑަރަކު ވަނީ އޮރިޔާން ފޮޓޯތަކެއް ހޯދުމުގެ ދަހިވެތިކަމުގައި، އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް ޕާކިސްތާނުގެ ޖާސޫސީ އެޖެންޓަކަށް ހިއްސާކޮށްފައެވެ.
މި އޮފިސަރު ހާމަކުރި ކަމަށް ތުހުމަތުކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ސިއްރު ހަނގުރާމަވެރި ޕްލޭންތަކާއި، ޑްރޯން ޔުނިޓުތަކުގެ ގާބިލުކަމާއި، ލޭހްގައި ހަނގުރާމަމަތީ މަތިންދާބޯޓުތައް ރުކުރުވާލާފައިވާ ގޮތުގެ ތަފުސީލުތަކުގެ އިތުރުން، އަސްކަރީ ތަމްރީނުތަކާއި ސިއްރު މަރުކަޒުތައް ހުރި ތަންތަނުގެ މައުލޫމާތު ހިމެނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި އޮފިސަރު އެ ޖާސޫސާ ވާހަކަދައްކާފައިވަނީ ވަޓްސްއެޕް މެދުވެރިކޮށެވެ. އަދި އޮރިޔާން ފޮޓޯތަކެއްގެ ބަދަލުގައި، ސިއްރު ހަނގުރާމަވެރި ޕްލޭންތަކުގެ ބައެއް ގަނޑުތައް ފޮނުވަން ވެސް އޭނާ ހުށަހެޅި ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މީގެއިތުރުން، އެ އޮފިސަރުގެ ދަށުން މަސައްކަތްކުރާ ފަސް އޮފިސަރެއްގެ ފޯނަށް ވާސިލުވެ އަސްކަރީ މައުލޫމާތު ވަގަށް ނެގުމުގެ މަގުސަދުގައި، ޕާކިސްތާނުގެ ޖާސޫސު ވަނީ ވައިރަހާއި ސްޕައިވެއާ އެކުލެވޭ ލިންކުތަކެއް ފޮނުވާފައި ކަމަށް ވެސް ޗާޖުޝީޓުގައި ތުހުމަތުކޮށްފައިވެއެވެ.
އޮފިސަރުގެ ވަޓްސްއެޕް ޑޭޓާ ފޮރެންސިކް ތަހުލީލު ކުރުމުން، 3،008 ޓެކްސްޓް މެސެޖާއި، 65 ފޮޓޯ، 42 ވޮއިސް ކޯލް، ހަތަރު ވީޑިއޯ ކޯލް އަދި ހަ ޔޫއާރްއެލް ލިންކު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލް ސީކްރެޓްސް އެކްޓުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ މި މައްސަލައިގައި، އެ އޮފިސަރު ހައްޔަރުގައި ބަހައްޓާތާ މިހާރު ގާތްގަނޑަކަށް ފަސް މަސް ވެއްޖެއެވެ. ފުލުހުން ދަނީ މި ޖާސޫސީ އަމަލު ހިންގާފައިވާ މިންވަރާއި، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު