މަޝްހޫރު ފިލްމީ ތަރި ސަމަންތާ ރޫތު ޕްރަބޫ އާއި ފިލްމު އުފެއްދުންތެރިޔާ ރާޖް ނިދިމޯރޫ އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަމުގެ ޚަބަރުތަކާއެކު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު ފޯރިއެއް އުފެދިއްޖެއެވެ.
ޕިންކްވިލާ ރިޕޯޓްތައް ބުނާގޮތުގައި ސަމަންތާ މިހާރު އިނީ ބަލިވެއެވެ. އަދި އޭނާ ބަލިވެ އިނީ ފުރަތަމަ ތިން މަހުގައި ކަމަށާއި، ދަރިފުޅު އުފަންވާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން ސަމަންތާ ނުވަތަ ރާޖް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މި ޚަބަރާއެކު ސަމަންތާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.
މިކަމާ ގުޅޭ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ސަމަންތާ އާއި ރާޖްގެ ހަޔާތުގައި އަންނަ ވަރަށް ޚާއްޞަ ދުވަސްވަރެކެވެ. އެ ދެމީހުންވެސް ތިބީ މި އާ ދަތުރަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން ކަމަށާއި، މި ދުވަސްވަރު ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ފަހަކަށް އައިސް އާންމުންގެ ތެރެއަށް ސަމަންތާ ނުކުމެ އުޅޭއިރު ނަގާފައިވާ ބައެއް ވީޑިއޯތަކުން އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއެކު، އޭނާ ބަލިވެ އިނީތޯ ފޭނުން ކުރިންވެސް އައީ ސުވާލު އުފައްދަމުންނެވެ.
ސަމަންތާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކޮށްގެން ގެންގުޅޭ ތަރިއަކަށް ވާއިރު، ރާޖް އެންޑް ޑީކޭގެ ނަމުން މަޝްހޫރު ފިލްމު އުފައްދާ ޕެއާގެ އެއް ބައިވެރިޔާ ރާޖް ނިދިމޯރޫ ވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
މި އުފާވެރި ޚަބަރު ފެތުރެމުންދާ ދަނޑިވަޅަކީ ސަމަންތާގެ އާ ފިލްމު "މާ އިންޓީ ބަންގާރާމް" ސިނަމާތަކުގައި ދައްކަމުންދާ ވަގުތެވެ. ނަންދިނީ ރެޑީ ޑައިރެކްޓްކޮށް، ޖޫން 18، 2026 ގައި ރިލީޒްކުރި މި ފިލްމަކީ ސަމަންތާ އަލުން ތެލުގޫ ސިނަމާއަށް އެނބުރި އައި ފިލްމުވެސް މެއެވެ. މި ފިލްމުގައި ސަމަންތާގެ އިތުރުން ގުލްޝަން ދޭވިއާ އަދި ދިގާންތު މަންޗާލޭ ފެނިގެންދެއެވެ.
ޕްރޮފެޝަނަލް މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމުގެ މިފަދަ ބޮޑު ބަދަލަކާއެކު، ސަމަންތާ މިހާރު ހުރީ މީޑިއާގެ ސަމާލުކަމުގެ މަރުކަޒުގައެވެ. މި ޚަބަރު ކަށަވަރުވެއްޖެނަމަ، މިއީ މި ދެމަފިރިންނަށް ލިބޭ ފުރަތަމަ ދަރިފުޅެވެ.

JPN
ކިޔުންތެރިންގެ ހިޔާލު