ދުރާލައި ރޭވުމެއް ނެތި، އަންނަ ކޮންމެ ސަރުކާރަކުން ބޭނުންހާ ތަނަކުން ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުން ހުއްޓުވުމަށްޓަކައި ޚާއްޞަ ގާނޫނެއް އެކުލަވައިލަން ޖެހޭ ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ގޮވާލައްވައިފިއެވެ.
ނަފާ ނަސީމް މިފަދައިން ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިހާރު ތަހައްމަލު ކުރަމުންދާ އިގްތިސާދީ ދަތިތަކާއި، ދައުލަތް ދަރަނިވެރިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކަށީގެންވާ މާސްޓަރ ޕްލޭނެއް ނެތި ހިންގާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކެވެ.
"ގާނޫނެއް ހަދައިގެން ވިޔަސް.. ޕްލޭނެއް ނެތި އަންނަ ކޮންމެ ވެރިއަކު ބިންހިއްކުން ހުއްޓުވަން އެބަޖެހޭ. ލަފާކުރެވޭ ގޮތުގައި ބޮޑަށް ރާއްޖެ ދަރަނިވެރިވަނީ، ކަރަޕްޝަން އިތުރުވަނީ އެތަންމިތާ ހިންގާ ބިންހިއްކުމުގެ މަޝްރޫއުތަކުން،" ނަސީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ނަސީމް އިތުރަށް ވިދާޅުވި ގޮތުގައި ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހިއްކާ ބިންތަކަކީ އޭގެ ނަފާ ވަގުތުން ލިބޭ ތަންތަނެއް ނޫނެވެ. ބިން ހިއްކުމަށްފަހު އެ ތަނެއްގައި މީހުން އާބާދުވެ، އިގްތިސާދީ މަންފާއެއް ލިބެން ފަށަނީ ގާތްގަނޑަކަށް 10 އަހަރު ފަހުން ކަމަށްވާއިރު، އެ މުއްދަތުގެ ތެރޭގައި ދައުލަތުން އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެ، ކަރަޕްޝަނަށް އޮންނަ ފުރުސަތު ފުޅާވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދާއިރު، މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވަނީ މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަންތަން އަދިވެސް އާބާދުނުވެ އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު