މިއަދުގެ ޒަމާނީ ދުނިޔޭގައި ޓެކްނޮލޮޖީއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަކިނުކުރެވޭނެ ބަޔަކަށް ވެފައިވާއިރު، މީގެ ނޭދެވޭ އަސަރު އާއިލީ ގުޅުންތަކަށް، ހާއްސަކޮށް ބަަފައެއްގެ ދައުރަށް ދަނީ ކުރަމުންނެވެ. "ސްކްރީން އެޑިކްޝަން" ނުވަތަ ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކަށް ދެވިހިފުމުގެ ސަބަބުން، ދަރިންނާއެކު ހޭދަކުރަންޖެހޭ ފެންވަރު ރަނގަޅު ވަގުތުތައް ގެއްލި، ބަަޕައެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކުރީގެ ޖީލުތަކާ ހިލާފަށް، މިއަދުގެ ބަަޕައިންނަށް ދަރިންނާއެކު ތިބޭއިރުވެސް ނަފްސާނީ ގޮތުން އެ ކުދިންނާ ވަކިވެފައި ތިބުމުގެ މައްސަލަ ވަނީ އާންމުވެފައެވެ.
ސްކްރީނަށް ދެވިހިފުމުގެ ސަބަބުން ބަަފައެއްގެ ދައުރަށް އަންނަ އެންމެ ބޮޑު ބަދަލަކީ "ޑިޖިޓަލް ޑިސްޓްރެކްޝަން" ނުވަތަ ފޯނުގެ ސަބަބުން ސަމާލުކަން ކުޑަވުމެވެ. ބަޕައަކު ދަރިފުޅާއެކު ކުޅެން ނުވަތަ ވާހަކަދައްކަން އިންނަ ވަގުތު، ފޯނަށް އަންނަ ނޮޓިފިކޭޝަނަކަށް ނުވަތަ ސޯޝަލް މީޑިއާ ފީޑަށް ބަލާލުމަކީ ދަރިފުޅަށް ދެވޭ ނުބައި މެސެޖެކެވެ. މީގެ ސަބަބުން ދަރިފުޅަށް އިހުސާސް ކުރެވެނީ އޭނާއަށްވުރެ ބައްޕައަށް މުހިންމީ ފޯނު ކަމަށެވެ. މިއީ ދަރިފުޅުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ބަޕައާއި ދަރިފުޅާ ދެމެދު އޮންނަ އިމޯޝަނަލް ބޮންޑް ނުވަތަ ޖަޒުބާތީ ގުޅުން ބަލިކަށިވާ ކަމެކެވެ.
މީގެ އިތުރުން، ސްކްރީނަށް ހުސްވެފައި ހުރުމުގެ ސަބަބުން ދަރިންގެ ކިބައިން ފެންނަ މުހިންމު ބަދަލުތަކާއި، އެކުދިންގެ ބޭނުންތައް ދެނެގަތުމަށް ބަޕައިން ނުކުޅެދެއެވެ. ދަރިން ބޮޑުވަމުން އަންނަ މަރުހަލާގައި އެކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ތަކެއްޗެއް ނޫނެވެ. އެކުދިން އެދެނީ ބަޕަގެ ފުރިހަމަ ސަމާލުކަމާއި، ލޯތްބާއި، އަޅާލުމަށެވެ. ބައްޕަގެ "ޕްރެޒެންސް" ނުވަތަ ހާޒިރުވެ ހުރުމަކީ ކުދިންގެ އަހުލާގާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބައްޕަގެ ފަރާތުން ސަމާލުކަން ނުލިބޭ ކުދިން ގިނަފަހަރަށް ނޭދެވޭ އަމަލުތަކަށް މަގުފަހިވެ، އެހެން ގޮތްގޮތުން ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ.
މި މައްސަލައިން އަރައިގަތުމަށްޓަކައި "މައިންޑްފުލް ފާދަރހުޑް" ނުވަތަ ހޭލުންތެރިކަމާއެކު ބަފައެއްގެ ދައުރު އަދާކުރުން މުހިންމެވެ. މިގޮތުން ގޭގައި ފޯނު ބޭނުން ނުކުރާނެ ވަގުތުތަކެއް ކަނޑައެޅިދާނެއެވެ. މިސާލަކަށް ކާ ވަގުތުތަކުގައާއި، ނިދަން ތައްޔާރުވާ ވަގުތު ފޯނު ދުރުގައި ބެހެއްޓުމަކީ ދަރިންނާއެކު މާނަހުރި ވާހަކަތަކެއް ދެއްކުމަށް ލިބޭ ފުރުސަތެކެވެ. ބަޕައިންނަކީ ދަރިން ނަމޫނާލާ ބަޔަކަށް ވާތީ، ބައްޕަ ފޯނާ ދުރުގައި ހުންނަ މަންޒަރު ފެނުމުން ދަރިންވެސް ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަކުރާނެއެވެ.
ޓެކްނޮލޮޖީއަކީ ފައިދާހުރި އެއްޗަކަށް ވިޔަސް، އޭގެ ސަބަބުން އާއިލީ ގުޅުންތަކަށް ހުރަސްއެޅިގެން ނުވާނެއެވެ. ބަޕައެއްގެ ހަގީގީ ކާމިޔާބީއަކީ އޭނާގެ ދަރިންނަށް ދޭ ވަގުތާއި، އެކުދިންގެ ދިރިއުޅުމުގައި އޭނާ ހާޒިރުވެ ހުންނަ މިންވަރެވެ. ސްކްރީނަށްވުރެ ދަރިންގެ ހިނިތުންވުމާއި އެކުދިންގެ ކުރިއެރުން މުހިންމުކަން ދަނެގެން، ކޮންމެ ބައްޕައަކުވެސް މަސައްކަތް ކުރަންވީ "ޑިޖިޓަލް ދުނިޔެ" އާއި "ހަގީގީ ދުނިޔެ" ބެލެންސް ކުރުމަށެވެ. އޭރުން އުފާވެރި އަދި ބަދަހި އާއިލާއެއް ބިނާކުރެވޭނެއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު