ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ، "ސަންޖޫ" އަށް ފަހު އެކްޓަރު ރަންބީރު ކަޕޫރާއެކު އައު ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރަސްމީކޮށް ދޮގުކޮށްފިއެވެ.
ނިއުސް18 އަށް ދިން އިންޓަވިއުއްގައި ހިރާނީ ބުނީ، މިވަގުތު ރަންބީރާއެކު އެއްވެސް ފިލްމެއްގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަންބީރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. "ގިނަ ފަހަރަށް އަހަރެން ހަދާ ފިލްމުތަކުގެ ޚަބަރު އަހަންނަށް އެނގެނީ ނޫސްތަކުން. އެއީ ކިހިނެއް އައި ޚަބަރުތަކެއް ބާވައޭ ހިތަށް އަރާ ފަހަރުވެސް އާދޭ،" ހިނިގަނޑަކާއެކު ހިރާނީ ކިޔައިދިނެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިރާނީ އާއި ރަންބީރު ގުޅިގެން ކުޅިވަރު އެތުލީޓެއްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ވަނީ ނިންމާފައެވެ. އަދި ސްކްރިޕްޓްގެ މަސައްކަތް ނިމިފައި ނުވާތީ އެ ފިލްމު 2027 އަށް ފަސްކޮށްފައިވާ ކަމަށްވެސް އަޑުތައް ފެތުރުނެވެ.
ހިރާނީ މިވަގުތު ތައްޔާރުވަމުންދަނީ އޭނާގެ އަލްތާ ދަރިފުޅު ވީރް ހިރާނީ ފިލްމީ ދާއިރާއަށް ތައާރަފްވާ "ޕްރީތަމް އެންޑް ޕެޑްރޯ" ރިލީޒްކުރުމަށެވެ. މިއީ ހިރާނީގެ ފުރަތަމަ ސްޓްރީމިންގް ސީރީޒްއެވެ. މީގެ އިތުރުން އާމިރު ޚާނާއެކު "ދާދާސާހޭބް ޕާލްކޭ" ގެ ބަޔޮޕިކް އެއް އުފެއްދުމުގެ މަސައްކަތާއި، "3 އިޑިއަޓްސް" ގެ ސީކުއަލް އަދި "މުންނާ ބާއީ 3" ގެ މަސައްކަތްވެސް ލިޔުމުގެ މަރުހަލާގައިވާ ކަމަށް އޭނާ ކަށަވަރުކޮށްދިނެވެ.
"ޕްރީތަމް އެންޑް ޕެޑްރޯ" ގައި ހިރާނީއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަރުޝަދު ވަރްސީ، ބޯމަން އިރާނީ އަދި މޯނާ ސިންގް ފެނިގެންދާނެއެވެ. މި ސީރީޒްގައި އަރުޝަދު ހޮވީ އޭނާގެ ހުނަރަށް ބަލާފައި ކަމަށާއި، ކޮމެޑީގެ އިތުރުން ސީރިއަސް ރޯލުތަކަށްވެސް އަރުޝަދަކީ ވަރަށް އެކަށީގެންވާ އެކްޓަރެއް ކަމަށް ހިރާނީ ފާހަގަކުރިއެވެ.
އަރުޝަދު ބުނި ގޮތުގައި ހިރާނީގެ ފިލްމުތަކުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، ކިތަންމެ ކުޑަ ރޯލެއް އަދާކުރާ މީހަކީވެސް ބެލުންތެރިން ހަނދާން ހުންނަ ފަދަ ވަރުގަދަ ކެރެކްޓަރަކަށް ވުމެވެ. "ޕްރީތަމް އެންޑް ޕެޑްރޯ" ޖިއޯހޮޓްސްޓާ މެދުވެރިކޮށް ޕްރީމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު