އެވެނއޖަރސް : އެންޑް ގޭމަ އެންކޯރ އަށް ބަދަލުކޮށް ފައި އަލުން ނެރެނީ
އެވެނއޖަރސް : އެންޑް ގޭމަ އެންކޯރ އަށް ބަދަލުކޮށް ފައި އަލުން ނެރެނީ
މާވެލް ސްޓޫޑިއޯ ގެ ކާމިޔާބު ފިލްމު "އެވެންޖާސް އިންޑް ގޭމް"ގެ ނަން، "އެވެންޖާސް އިންޑްގޭމް އެންކޯރ" ގެ ނަމަށް ބަދަލުކޮށް އިތުރު މަންޒަރުތަކާއެކު ނެރުމަށް ތައްޔާރު ވަމުންދާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމަމޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރުގެ ފަހުކޮޅު އަލުން ނެރުމަށް ހަމަޖެހިފައިވާ ފިލްމް، "އެވެންޖާސް: ޑޫމްސްޑޭ" ނެރުމުގެ ކުރިން، އެވެންޖާސް އިންޑް ގޭމް ގެ ބެލުންތެރިންނަށް ކުރިން ބެލި ފިލްމުގައި ހިމަނާފައިނުވާ އިތުރު މަންޒަރުތަކާއެކު ފިލްމުން އަލުން ބަލާލުމަށް ދެވޭ ރަނުގެ ފުރުސަތެއް ކަމަށް ފިލްމު އުފެއްދި މާވެލް ސްޓޫޑިއޯވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 25 ގައި ރިލީޒްކުރާ މި ފިލްމުގައި، ކުރިން ނުފެންނަ މަންޒަރުތަކާއި، ހާއްސަ ތައާރަފެއްގެ އިތުރުން މިއަރު ފަހުކޮޅު ނެރޭ "އެވެންޖާސް: ޑޫމްސްޑޭ" އާ ގުޅުވައިދޭ ހާއްސަ އެންޑް-ކްރެޑިޓް މަންޒަރެއްވެސް ހިމެނޭނެއެވެ.

މި ފިލްމުގެ ހާއްސަ މަންޒަރުތައް ފެންނާނީ އައިމެކްސް (IMAX) އަދި އިންފިނިޓީ ވިޝަން (Infinity Vision) ސްކްރީންތަކުން އެކަންޏެވެ. އިންފިނިޓީ ވިޝަން އަކީ މާވެލްއިން އެންމެ ފެންވަރު ރަނގަޅު ސިނަމާތަކަށް ކަނޑައަޅާފައިވާ އައު މިންގަނޑެކެވެ.

ޑައިރެކްޓަރު ޖޯ ރޫސޯ ވިދާޅުވި ގޮތުގައި، މި ފިލްމަކީ ކުރިއަށް އޮތް "ޑޫމްސްޑޭ" ފިލްމާ ގުޅުވައިދޭ މުހިންމު ފާލަމެކެވެ. އަދި މިއީ މާވެލްގެ ކެރެކްޓަރުންގެ ދަތުރު ކުރިއަށްދާ ގޮތް އިތުރަށް ސާފުކޮށްދޭނެ ފިލްމެކެވެ.

މި ފުރުސަތުގެ ބޭނުން ހިފައި، "އެވެންޖާސް: އެންޑްގޭމް" އަށް ބޮކްސް އޮފީހުގެ އައު ރެކޯޑެއް ގާއިމުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ކުރިން 2.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ މި ފިލްމަށް، މިފަހަރު 3 ބިލިއަން ޑޮލަރުގެ މައިލްސްޓޯނާ ހަމައަށް ދެވިދާނެ ކަމަށް ބެލެވެއެވެ. މިއާއެކު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު އަލުން ހޯދުމުގެ ފުރުސަތު ވެސް މާވެލްއަށް ލިބިގެންދާނެއެވެ.

އައު މަންޒަރުތަކާއި ހާއްސަ ފީޗާތަކާއެކު "އެވެންޖާސް: އެންޑްގޭމް: އެންކޯރ" ވެގެންދާނީ ހަމައެކަނި އަލުން ނެރޭ ފިލްމަކަށް ނޫނެވެ. އެއީ މާވެލް ސިނެމެޓިކް ޔުނިވާސްގެ ކުރިއަށް އޮތް ބޮޑު ބަޔަށް ބެލުންތެރިން ތައްޔާރުކޮށްދޭނެ ހާއްސަ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު