ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި، ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ސަރުކާރަށް ފާޑުވިދާޅުވެ ޕީއެންއެފްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިފައި އޮތްއިރު ވެސް، ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދޭތީ އެކަމާ ސުވާލު އުފައްދަވާފައެވެ. ޚާއްސަކޮށް، ޑޮލަރުގެ އަގު ތިރިކުރެވޭނެ ކަމަށް މީގެ ކުރިން އިގްތިސޯދީ ވަޒީރު ވިދާޅުވި ވާހަކަފުޅުތައް ހަނދާން އައުކުރައްވައި، ސަރުކާރަށް މަޖިލީހުގެ ބާރު ލިބުނުތާ ދެ އަހަރު ވީއިރު ވެސް އެކަން ކާމިޔާބު ނުވީ ކީއްވެތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ރާއްޖެ މިހާރު ފެންނަނީ މާ ބޮޑަށް ފަގީރުވެފައިވާ ގައުމެއްގެ ގޮތުގައެވެ. އަދި މިހާރު މިހުރި މިސްރާބަށް ބަދަލެއް ނުގެނެސްފިނަމަ، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދީ ކަންކަމުގައި އަމަލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރަނގަޅު ސިޔާސަތުތަކެއް އޮތްނަމަ ރުފިޔާގެ އަގު މިހާ ބޮޑަށް ދަށަށް ނުދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު