ޔަޝް ރާޖް ފިލްމްސް (ވައި.އާރް.އެފް) ގެ ސްޕައި ޔުނިވާސްގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "އަލްފާ" އަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބޮޑު އުޖޫރައެއް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޭޝިއަނެޓް ނިއުސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި އެކްޝަން ފިލްމުގައި ކުޅޭ ރޯލަށް އާލިއާ ވަނީ 25 ކްރޯޑް ރުޕީސް ނަގާފައެވެ. މިއީ މި ފިލްމުން އެންމެ ބޮޑު އުޖޫރައެއް ލިބޭ ތަރިއެވެ. އާލިއާއާއެކު މި ފިލްމުގައި ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާ ޝަރުވާރީ ވާގް އަށް ލިބެނީ 3 ކްރޯޑް ރުޕީސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ފިލްމުގެ އެހެން ތަރިންނަށް ބަލާއިރު، ވިލަންގެ ރޯލުން ފެންނަ ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރުން ކުރެ ކޮންމެ ތަރިއަކަށް 6 ކްރޯޑް ރުޕީސް ލިބޭ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، މި ފިލްމުގައި ރިތިކް ރޯޝަން ޚާއްޞަ ފެނިލުމަކުން ފެންނާނެއެވެ. އޭނާ ފެންނާނީ "ވޯ" ފިލްމުގެ މަޝްހޫރު ކެރެކްޓާ "މޭޖަރ ކަބީރު" ގެ ރޯލުންނެވެ. ނަމަވެސް ރިތިކް މި ފިލްމަށް ނަގާ އުޖޫރައެއް އަދި ހާމަވެފައެއް ނުވެއެވެ.
މި މަހުގެ ކުރީކޮޅު ރިލީޒްކުރި "އަލްފާ" ގެ ޓީޒާ އިން ފެންނަނީ އާލިއާގެ ކެރެކްޓާ އާއި ބޮބީ ޑިއޯލްގެ ކެރެކްޓާއާ ދެމެދު އޮންނަ މެންޓޯ-ޕްރޮޓެޖޭ ގުޅުމެކެވެ. ޓީޒާގައި ބޮބީ ޑިއޯލް، އާލިއާގެ 18 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔައި، އޭނާގެ ތަމްރީނުތަކުގެ ބޭނުން ހިފަންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނާ މަންޒަރު ފެނެއެވެ. މިއީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެއްކަން ޓީޒާ އިން ވަނީ ކަށަވަރުވެފައެވެ.
"އަލްފާ" އަކީ ވައި.އާރް.އެފް ސްޕައި ޔުނިވާސްގެ ތެރެއިން އަންހެން ބަތަލާއަކު ލީޑް ރޯލު ކުޅޭ ފުރަތަމަ ފިލްމެވެ. މި ޔުނިވާސްގެ ތެރޭގައި ހިމެނެނީ "އެކް ތަ ޓައިގަރ"، "ވޯ"، "ޕަޓާން" އަދި "ޓައިގަރ 3" ފަދަ ކާމިޔާބު ފިލްމުތަކެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް އިއުލާންކޮށްފައިވަނީ ޖުލައި 3 ގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު