ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުވުމުގައި "ބަފަރ ޓައިމް" ގެ ގޮތުގައި 30 މިނިޓު ދިނުމަށް ސިވިލް ސަރވިސްގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
މި ބަދަލާއެކު، ވަކި ހާއްސަ ހާލަތްތަކުގައި މުވައްޒަފުންނަށް އިތުރު ހުއްދައަކާ ނުލައި، އެމީހުންގެ މަސައްކަތު ގަޑި އެޖަސްޓުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އާ އުސޫލުގެ ދަށުން، މުވައްޒަފަކު ރަސްމީ ގަޑި ފެށޭ ވަގުތަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ، އެ ލަސްވި ވަގުތު އޮފީސް ނިމޭ ގަޑިއަށް އިތުރުކުރަން ޖެހޭނެއެވެ.
މިސާލަކަށް، ހެނދުނު 8:00 ގައި މަސައްކަތް ފަށަންޖެހޭ މުވައްޒަފަކު 8:15 ގައި ހާޒިރުވެއްޖެނަމަ، އޭނާ މަސައްކަތް ނިންމަންޖެހޭނީ އާދައިގެ މަތިން އޮފީސް ނިމޭ ގަޑިއަށް 15 މިނިޓު އިތުރުކޮށްގެންނެވެ.
މިގޮތަށް 30 މިނިޓުގެ ތެރޭގައި ހާޒިރުވާ މުވައްޒަފުން، އެކަން ސަބަބާއެކު އެ ދުވަހުގެ މަސައްކަތު ގަޑި ނިމުމުގެ ކުރިން އޮފީހުގެ އެޗްއާރް ސެކްޝަނަށް ނުވަތަ ކަނޑައެޅިފައިވާ ފަރާތަކަށް އަންގަންވާނެއެވެ. ނަމަވެސް، 30 މިނިޓަށްވުރެ ލަސްވާ ހާލަތްތަކުގައި އެއީ ގަޑިޖެހުން ކަމަށް ބެލެވޭނެއެވެ.
މި ލުއި ހުރިހާ މުވައްޒަފުންނަށް ނުލިބޭނެކަން ފާހަގަކުރެވެއެވެ. އެގޮތުން، އޮފީސް ހުޅުވައި ލެއްޕުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުވައްޒަފުންނާއި، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މިސްކިތުގެ މުވައްޒަފުން އަދި އާންމުންނަށް ސީދާކޮށް ހިދުމަތް ދިނުމަށް ރަސްމީ ގަޑިއަށް ހާޒިރުވާންޖެހޭ މުވައްޒަފުންނަށް މި ބަދަލު ނުހިނގާނެއެވެ.
މީގެ އިތުރުން، މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން އިސްތިސްނާކުރަންޖެހޭ އެހެނިހެން ފަރާތްތައް، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން ކަނޑައެޅުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު