ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، އެފަދަ ފަރާތްތަކަށް ޚާއްސަ މަގާމުތަކެއް ކަނޑައެޅުމަށްޓަކައި އަމަލުކުރަމުންދާ ގަވައިދަށް އިއްޔެ މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
މިއީ 2024 ވަނަ އަހަރު އަމަލުކުރަން ފެށި "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" އަށް ގެނެވުނު ފުރަތަމަ އިސްލާހެވެ.
މި އިސްލާހުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ މަގާމުތަކެއް އުފައްދައި، އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް އައްޔަނުކުރުމުގައި ތިން މައިގަނޑު މިންގަނޑަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ވަޒީފާދޭ ތަންތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަވެފައި ހުރުމާއި، އެ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމަށްޓަކައި ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތައް ގެނައުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި ގެންގުޅެންޖެހޭ އާންމު މިންގަނޑުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެއެވެ.
މީގެއިތުރުން، ވަޒީފާއަށް އައްޔަނުކުރެވޭ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އޭނާ ވަޒީފާއަށް ނުކުންނަން ފަށާތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ކަމާބެހޭ މިނިސްޓްރީއާ ހިއްސާކުރަން ޖެހެއެވެ. މިކަމުގެ ބޭނުމަކީ އެ ފަރާތްތައް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމެވެ.
މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަންވާނެ ކަމަށެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު