ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ ފަޅުތަކެއް "މޭޒު ދަށުން" ނުވަތަ ދެފުށް ފެންނަ ނިޒާމެއްގެ ބޭރުން ވިއްކަމުންދާ ކަމަށް ބުނެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކްސް ގައި މަލީހު ކުރެއްވި ޕޯސްޓެއްގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނަމުގައި ފަޅުތައް މިގޮތަށް ވިއްކުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ.





މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ފަޅުތައް ވިއްކުމުގެ މުއާމަލާތްތަކަކީ ޓޫރިޒަމް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަންކަން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ގިނަ އަދަދެއްގެ ފަޅުތަކެއް ބީލަމަށް ހުޅުވާލުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އެކި ސަރަހައްދުތަކުން ފަޅުތައް ކުއްޔަށް ދިނުމަށް ތަފާތު ފަހަރުމަތިން އިއުލާނުކޮށްފައިވެއެވެ. އެންމެ ފަހުން ވެސް މިފަދަ ބީލަންތައް ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް، މިގޮތަށް ފަޅުތައް ދޫކުރަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، އޭގެ ތެރޭގައި 'ކްރޮސް-ސަބްސިޑީ' މޮޑެލްގެ ދަށުން ފަޅުތައް ކުއްޔަށް ދިނުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ކުއްލިއަކަށް ފަޅުތަކުގެ އަގުތައް ބޮޑުވެ، މުއާމަލާތްތައް ބިޑަކާ ނުލާ ކުރިއަށް ދިއުމާ، މިފަދަ ޑީލްތައް އަވަސްވެ ގިނަވެގެން ދާ ދިއުމުގެ ތަފްސީލު ހާމަކުރުމަށް މަލީހު ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު