ރައީސް މައުމޫން
ރައީސް މައުމޫން
ފީފާ ވޯލްޑް ކަޕްގައި މިރޭ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް މިސްރު ނުކުންނަ މެޗާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ގައުމުގެ ގައުމީ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަރަބި ބަހުން ލިޔުއްވަމުން ރައީސް މައުމޫން ވަނީ މިސްރުގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮ ދުއާކުރައްވާފައެވެ. އަދި މިސްރާ ދޭތެރޭ ބޮޑު ލޯތްބެއް އޮތްކަން ހާމަކުރައްވައި، އެ ގައުމުގެ ކުޅުންތެރިންނަށް އެމަނިކުފާނު ވަނީ ހިތްވަރުވެސް ދެއްވާފައެވެ.





މިސްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ރައީސް މައުމޫނަކީ އެ ގައުމުގައި ވަރަށް އިހުތިރާމާއި މަގުބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މިސްރުން އަންނަނީ ހައިރާންކުރަނިވި މޮޅު ކުޅުމެއް ދައްކައި، ފާހަގަކޮށްލެވޭ ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން، މި މުބާރާތުގެ ގަދަ 16 ގެ ތެރޭގައި ހިމެނުނު ފުރަތަމަ ފަހަރުގެ ގޮތުގައި މިސްރުން މިހާރު ދަނީ އާޖެންޓީނާއާ ދެކޮޅަށް ކުރިމަތިލާން ތައްޔާރުވަމުންނެވެ.

ރާއްޖެ ގަޑިން މިރޭ 9:00 ގައި ފަށާ މި ފޯރިގަދަ މެޗަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، މިސްރުގެ ސަޕޯޓަރުންނާއި އެ ގައުމަށް ތާއީދުކުރާ ފަރާތްތަކުން ތިބީ ވަރަށް ބޮޑު އުއްމީދެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު