ފާއިތުވި 13 މަސްދުވަހަށް ބަލާއިރު، ދިވެހިރާއްޖޭގެ ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމު ފީފާ ރޭންކިންގައި ދެމިއޮތީ 172 ވަނަ އަދި 173 ވަނައިގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ފީފާއިން ޢާންމުކުރި އެންމެ ފަހުގެ ރޭންކިންގައި، ރާއްޖެ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު 172 ވަނައިގައި އޮތް ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖެ އޮތީ ރޭންކިންގެ 170 އިން ފެށިގެން ދަށުގައެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް މެޗުތައް ކުޅުމުގެ ފުރުޞަތުތަކުގައި ޤައުމީ ޓީމުން މެޗުތައް ކުޅެން ފަށާފައިވީ ނަމަވެސް، ފީފާގެ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ ރޭންކިންއަށް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މީގެއިތުރުން، އެންމެ ފަހުން ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާތައް މި ފަހަރުގެ ރޭންކިން ބަލާ މުއްދަތުގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ.
ރާއްޖެ މީގެ ކުރިން ރޭންކިންގެ 170 އަށްވުރެ ދަށަށް ވެއްޓިފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެހެންނަމަވެސް، އޭގެ ތިން މަސް ފަހުން ރާއްޖެއިން ވަނީ އަލުން 165 ވަނައަށް ކުރިއެރުން ހޯދާފައެވެ.
1992 ވަނަ އަހަރު ތަޢާރަފުކުރި ފީފާ ދުނިޔޭގެ ރޭންކިން ކުރިން ޢާންމުކުރަމުން އައީ ބައިނަލްއަޤުވާމީ މެޗުތަކުގެ ބުރުތައް ނިމުމުންނެވެ. ނަމަވެސް، މި އަހަރުގެ މާރިޗު މަހުން ފެށިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ މެޗުތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ވަގުތުން ވަގުތަށް އަޕްޑޭޓްވަމުންދާ ވަގުތީ ރޭންކިންއެއް ފީފާއިން ދަނީ ނެރެމުންނެވެ.
ފީފާ ރޭންކިންގައި ޕޮއިންޓް ދިނުމުގައި ބޭނުންކުރަނީ 'އެލޯ' ޕޮއިންޓް ނިޒާމެވެ. ފީފާގެ އުޞޫލުތައް ބަޔާންކުރާ ގޮތުގައި، ޓީމަކަށް ޕޮއިންޓް އިތުރުވާ އަދި އުނިވާ މިންވަރު ކަނޑައަޅަނީ ވާދަކުރާ އިދިކޮޅު ޓީމުގެ ފެންވަރަށާއި، މެޗުގެ މުހިންމުކަމުގެ އިތުރުން، މެޗުން ނުކުންނާނެ ކަމަށް ލަފާކުރެވޭ ނަތީޖާއާ އަޅާބަލައި މެޗު ނިމިގެންދާ ގޮތުގެ މައްޗަށް ބިނާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު