ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އިތުރުކޮށް، ޒުވާނުންނަށް ޚާއްޞަ މާޙައުލެއް ބިނާކުރުމަށްޓަކައި އެ ފަރާތްތަކުގެ ޢަމަލީ ބައިވެރިވުން ހޯދުމުގެ މަޤްޞަދުގައި "ޔޫތު ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" ގެ ނަމުގައި ޚާއްޞަ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިޢުލާނުކޮށްފިއެވެ.
މި މުބާރާތަކީ ޔޫތު ހަބް ކެފޭއަށް ޢަމަލީގޮތުން ތަންފީޒު ކުރެވޭނެ، ޒުވާނުންނާ ގުޅޭ ތަފާތު ކޮންސެޕްޓެއް ހުށަހެޅުމަށް 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކުން ފަރުމާކުރާ ނަމާއި، ލޯގޯ އަދި ޑިޒައިނާ އެއްގޮތަށް ޔޫތު ކެފޭ ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި މުބާރާތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ޒުވާނުންނާ ރައްޓެހި އަދި ޝައުޤުވެރި މާޙައުލަކަށް ވުމަށާއި، އައު ކަންތައްތަކާއި އުފެއްދުންތެރި ޚިޔާލުތައް އެކުލެވިފައިވާ މިންވަރަށް ކަމަށެވެ. މީގެ އިތުރުން، އިމާރާތްކުރުމުގައި ޢަމަލީގޮތުން ބޭނުންކުރެވޭނެ އަދި މާލީގޮތުން ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކޮށްފައިވުމަކީވެސް މުހިންމު ޝަރުޠެކެވެ.
ހުށަހަޅާ ޑިޒައިނުގައި ކިޔެވުމާއި މަސައްކަތް ކުރެވޭނެ ޖާގައާއި، ކުޅިވަރު އަދި ޒުވާނުންގެ ތަފާތު ޙަރަކާތްތަކަށް އެކަށޭނަ ހިތްފަސޭހަ ވެއްޓެއް ހިމެނުމާއެކު، ކެންޓީނުގެ ނަމާއި، ލޯގޯ ކޮންސެޕްޓާއި، ބޭނުންކުރާނެ ކުލަތަކާއި، ޝިޢާރާއި، އެތެރޭގެ އިންޓީރިއަރ ޑިޒައިނާއި، މުވައްޒަފުންގެ ޔުނީފޯމް އަދި މެނޫ ޑިޒައިން ފުރިހަމައަށް ހުށަހަޅަންޖެހެއެވެ. ޒުވާނުންގެ މި ހުނަރުވެރި މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން، މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން 1 ވަނައަށް 30,000 (ތިރީސް ހާސް) ރުފިޔާ، 2 ވަނައަށް 10,000 (ދިހަ ހާސް) ރުފިޔާ އަދި 3 ވަނައަށް 5,000 (ފަސް ހާސް) ރުފިޔާ ހުށައަޅާފައިވެއެވެ.
މި މުބާރާތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ ސެޝަނެއް 1 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:00 ގައި، މާލޭގެ ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި މުބާރާތަށް ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނީ އެ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޑިޒައިން ހުށަހަޅަންޖެހޭ ސުންގަޑިއާއި އެހެނިހެން މުހިންމު ތަފްޞީލުތައް މި ސެޝަންގެ ތެރެއިން ޙިއްޞާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޔޫތު ހަބުގެ ނަންބަރު 4000525 އާ ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު