ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ.
ހޯމް މިނިސްޓްރީން ބުނީ މި އެކްސްޕޯގައި 158 ފަރާތަކުން ބައިވެރިވާ ކަމަށާއި އެކްސްޕޯ ބަހާލައިފައިވަނީ ހަތަރު ކެޓަގަރީއަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ
•ކެރިއަރ ޒޯން (34 ބައިވެރިން)
•އެޑިއުކޭޝަން ޒޯން (32 ބައިވެރިން)
•ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން (19 ބައިވެރިން)
•މާކެޓް ޒޯން (73 ބައިވެރިން)
ތައުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުސަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތު މާކެޓް ޒޯންއިން ލިބޭނެ ކަމަށެވެ.
މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ވެސް މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި މިފަހަރު ބައިވެރިވެފައިވާއިރު މި އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކީ ރާއްޖޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ކުންފުނި، ސަން ސިޔާމް ރިސޯޓްސް އެވެ.

ކިޔުންތެރިންގެ ހިޔާލު