ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ނަމަވެސް، ވިއްސާރަވި ނަމަވެސް ވައި މަޑުވެ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރީނދޫ ސަމާލުގެ އިތުރުން، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެތީ ވަނީ ސަމާލު ނެރެފައެވެ.
އެގޮތުން ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ކެނޑި، މޫސުން އަލިވާން ފަށާނީ އަންނަ ހަފްތާގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު