ފްލައި ދުބާއީގެ ފްލައިޓެއް-- ފޮޓޯ/ވީއައިއޭ
ފްލައި ދުބާއީގެ ފްލައިޓެއް-- ފޮޓޯ/ވީއައިއޭ
އިސްރާއިލަށް ދަތުރުކުރަމުންދިޔަ ފްލައި ދުބައީ އެއާލައިން ހައިޖެކްކުރި މައްސަލައިގެ ތަހުގީގަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގައި ބަންދުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުންނަކީ ބޯޓު ހައިޖެކްކުރަން މަސައްކަތްކުރި ކޯ ޕައިލެޓްއާ އެއް އިމާރާތެއްގއި އުޅުނު ދެ މީހުންނެވެ.

އެ މައްސަލައިގައި ދެ މީހުން ތަހުގީގަށް 10 ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކުކޮށްފައި ބޭތިއްބިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ދެ ޕައިލެޓްއިން ރާއްޖެ އައުމުން ސުވާލުކުރަން ފަށާފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ކޯ ޕައިލެޓް ހަމާމް އަލް ހައްމާމީގެ މައްޗަށް ދައުވާކުރަން މިހާރު ޔޫއޭއީން ދަނީ ތައްޔާރުވަމުންނެވެ.އެ މައްސަލައިގައި އޭނާއަށް މަރުގެ ހުކުމް އައުން ވެސް އެކަށީގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު