ވީޑިއޯއިން ފެންނަ ކާރު--
ވީޑިއޯއިން ފެންނަ ކާރު--
ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ބަޑިތަކެއް ހިފައިގެން އުޅޭ ވީޑިއޯއެއް ދައުރުވަމުންދާތީ އެކަން ހިނގި ގޮތް ބަލައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަނީ ބަޔަކު ކުއްޔަށް ނަގައިގެން އުޅުނު ކާރެއްކަން ދެނަގަނެވެފައިވާ ކަމަށާއި އަދި އޭރު ކުއްޔަށް ނަގައިގެން އުޅުނު ފަރާތާ ސުވާލުކޮށް އެއީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ބަޑިތައް މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި އާންމުން ބަޑި ގެންގުޅުމާއި އާންމުން ބަޑި އެތެރެކުރުމަކީ ވެސް ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު