ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދިލްޖީތު ދޯސާންޖް މުހިންމު ރޯލެއް އަދާކޮށްފައިވާ ފިލްމު "ސަތްލުޖް" އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ އެކު، އެ ފިލްމުގެ އައި.އެމް.ޑީ.ބީ ރޭޓިން ކުއްލިއަކަށް ގެއްލުމުން މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސަންޖޭ ގުޕްތާ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ތްރެހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޒީ5 އިން އުނިކުރިތާ މާގިނަ ދުވަހެއް ނުވަނީސް، އައި.އެމް.ޑީ.ބީގައި މި ފިލްމަށް ލިބިފައިވާ 9.5 ގެ މަތީ ރޭޓިން ވަނީ ގެއްލިފައެވެ. މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އެންމެ މަތީ ރޭޓިން ލިބުނު ފިލްމުގެ ގޮތުގައި އޮތް ނަމަވެސް، ބުދަ ދުވަހު ބަލައިލިއިރު އެ ރޭޓިން ވަނީ ޕްލެޓްފޯމުން ފޮހެލާފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ސަންޖޭ ގުޕްތާ ބުނީ، އައި.އެމް.ޑީ.ބީ ރޭޓިންއަކީ އޭނާ ދުވަހަކުވެސް އިތުބާރުކުރި އެއްޗެއް ނޫން ކަމަށާއި، މި ހާދިސާއިން އެއީ ކިހާ ވަރެއްގެ "ބޯގަސް" ނުވަތަ ފޭކު އެއްޗެއްކަން ސާބިތުވެއްޖެ ކަމަށެވެ. "އިއްޔެއާ ހަމައަށް 9.5 ރޭޓިންގައި އޮވެފައި މިއަދު އެވަނީ ގެއްލިފައި،" އޭނާ ލިޔެފައިވެއެވެ.
ފިލްމުގެ ކޯ-ރައިޓަރު ނިރޭން ބަޓް ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ، ފިލްމުގެ ރޭޓިން އުނިކުރި ސަބަބެއް އެމީހުންނަށް ނޭނގޭ ކަމަށެވެ. އަދި ފިލްމު ރިލީޒްކުރި ދުވަހާއި، ޕްލެޓްފޯމުން އުނިކުރި ދުވަސްވެސް އެނގުނީ ކުއްލިއަކަށް ކަމަށާއި، މިކަމުގައި އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލަ ބޮޑުވެފައިވަނީ "ޕަންޖާބު 95" ގެ ނަމުގައި ކުރިން އުފެއްދި މި ފިލްމު، ސެންސަރު ބޯޑުގެ ހުއްދަ ނުލިބި ހަތަރު އަހަރު އޮތުމަށްފަހު، ކުއްލިއަކަށް "ސަތްލުޖް" ގެ ނަމުގައި ޒީ5 އިން ރިލީޒްކުރުމާ ގުޅިގެންނެވެ. ނަމަވެސް ރިލީޒްކުރިތާ 48 ގަޑިއިރު ނުވަނީސް އިންޑިއާ ސަރުކާރުގެ އެންގުމަކަށް ފިލްމު ވަނީ އުނިކޮށްފައެވެ.
ޕީ.ޓީ.އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުން މި ފިލްމު އުނިކުރަން އެންގީ "ސަލާމަތީ ސަބަބުތަކަށްޓަކައި" އަދި އައި.ޓީ ގަވާއިދުތަކާ ހިލާފުވާތީއެވެ. ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި، ސެންސަރު ބޯޑުން ހުށަހެޅި 127 ބަދަލު ނުގެނެސް، އޯ.ޓީ.ޓީ ޕްލެޓްފޯމްތަކަށް ސެންސަރު ބޯޑުގެ ބާރު ނުހިނގާކަމަށް ބަލައި ފިލްމު ސިއްރިއްޔާތުގައި ރިލީޒްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި ފިލްމަކީ އިންޑިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ޚާލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު