ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން، އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެ، ވިހަން ކައިރިވެފައިވާއިރު، މި ދުވަސްވަރުގެ ތަޖުރިބާތައް ފޭނުންނާ ހިއްސާކޮށްފިއެވެ.
ރަންވީރު ސިންގްއާއި ދީޕިކާގެ ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.
މިއަދު ދީޕިކާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި މަޖާ ވީޑިއޯއަކުން ފެންނަނީ، ބަނޑުބޮޑުވުމުގެ ފަހު މަރުހަލާ ނުވަތަ 'ތާޑް ޓްރައިމެސްޓާ' ގައި އަންހެނުންނަށް ދިމާވާ ކަންކަމެވެ. އެގޮތުން، ބަނޑު ބޮޑުވުމުގެ ސަބަބުން ހިނގަން އުނދަގޫވެފައިވާ އަންހެނަކު ފާޚާނާއަށް ދާން މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ އެ ވީޑިއޯއާއެކު ދީޕިކާ ބޭނުންކޮށްފައިވަނީ ހަމައެކަނި 'އަޕްސައިޑް-ޑައުން' އިމޯޖީއެކެވެ.
މި ޕޯސްޓަށް ގިނަ އަދަދެއްގެ ފޭނުން އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް ފޭނުން ދީޕިކާއަށް ހެޔޮދުއާ ފޮނުވަމުންދާއިރު، އަނެއް ބަޔަކު ވަނީ މިއީ ބަނޑުބޮޑު ދުވަސްވަރު ކޮންމެ މީހަކަށްވެސް އިހުސާސްކުރެވޭނެ ވަރަށް ގާތް ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ރަންވީރުއާއި ދީޕިކާއަށް ފުރަތަމަ ދަރިފުޅު، ދުއާ ސިންގް ޕަދުކޯން ލިބުނީ 2024 ވަނ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރިއިރު، އެމީހުން ހިއްސާކުރި ފޮޓޯއިން ފެންނަނީ ފުރަތަމަ ދަރިފުޅު ދުއާ، ޕްރެގްނަންސީ ޓެސްޓެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ. މި ދެމަފިރިން އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ އާއިލީ ދިރިއުޅުން މީޑިއާއާ ވީހާވެސް ދުރުގައި ބެހެއްޓުމަށެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހްރުކް ޚާންއާއެކު "ކިންގް" އިންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރުގައެވެ. މީގެ އިތުރުން އައްލޫ އަރުޖުންއާއެކު "ރާކާ" ކިޔާ ފިލްމެއްގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު