ގައުމީ އަދި މުއައްސަސާގެ ފެންވަރުގައި ހެދޭ ގޯސްތައް ގަބޫލުކޮށް، އެކަންކަން އިސްލާހު ކުރުމަށް ގޮވާލައްވައި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ކޮންމެ ޖަމާއަތަކުން ނުވަތަ ވެރިއަކަށް ވެސް ގޯސްތަކެއް ހެދިދާނެ ކަމަށާއި، އެކަންކަން އިންކާރު ކުރުމުގެ ބަދަލުގައި ގަބޫލުކުރުމަކީ މައްސަލަތަކަށް ހައްލު ހޯދުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ޒިންމާ ނަގަން ދެކޮޅު ހެދުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކޮންމެ ޖަމާޢަތެއް، އަދި ކޮންމެ ވެރިޔަކުވެސް ގޯސްތަކެއް ހަދައެވެ. ހަގީގަތުގައި މުހިންމީ އެކަންކަން ދެނެގަނެ، އެހެންމީހުންގެ ކިބައިން ދަސްކޮށް، އިސްލާހީ ފިޔަވަޅު އަޅަން ތައްޔާރަށް ހުރުމެވެ،" ފިރާގު ވިދާޅުވިއެވެ.
ފިރާގުގެ މެސެޖުގައި ވަނީ ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ ފާޑުކިޔުންތަކަކީ އިދިކޮޅު ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، މުއައްސަސާތައް ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ތެދުވެރިކަމާއެކު ކަންކަން ވަޒަންކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ބޭނުންވާ މުހިންމު ދާއިރާތަކުން ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން ނިންމުންތައް ނިންމުމަކީ ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އޮތް މަގުކަމަށް ފިރާގު ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވި ގޮތުގައި، ހަގީގީ ކުރިއެރުން ފެށެނީ ހަގީގަތް ގަބޫލުކޮށް، އެކަމަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ ހިތްވަރު ލިބިގެންނެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު