ބޮލީވުޑްގެ "ޑްރީމް ގާރލް" ގެ ނަމުން މަޝްހޫރުވެފައިވާ ކާމިޔާބު ބަތަލާ އަދި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ހޭމާ މާލިނީ، އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދައިފިނަމަ އޭނާގެ ރޯލު ކުޅުމަށް އެންމެ އެކަށީގެންވަނީ ދީޕިކާ ޕަދްކޯން ކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހޭމާ މާލިނީ ފިލްމީ ދާއިރާގައި ހޭދަކުރި 60 އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އިވެންޓުގެ ތެރެއިން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ހޭމާ ބުނީ، ދީޕިކާ އަކީ ވަރަށް ރީތި އަދި އެހާމެ ހުނަރުވެރި ކުއްޖެއް ކަމަށެވެ. އަދި ދީޕިކާ ބޭނުންވާނަމަ ހޭމާގެ ބަޔޮޕިކްގެ ރޯލު ވަރަށް ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ފާހަގަކުރިއެވެ.
ހޭމާ މާލިނީ އާއި ދީޕިކާ ޕަދްކޯން އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. އެގޮތުން 2015 ވަނަ އަހަރު ރާމް ކަމަލް މުކަރްޖީ ލިޔުނު ހޭމާގެ ބަޔޮގްރަފީ "ހޭމާ މާލިނީ: ބިޔޯންޑް ދަ ޑްރީމް ގާރލް" ނެރެދިނުމަށް ހޭމާ އިޚްތިޔާރުކުރީވެސް ދީޕިކާ އެވެ. މީގެ އިތުރުން، ދީޕިކާގެ އަލަތު ފިލްމު "އޯމް ޝާންތީ އޯމް" ގައި އޭނާ ކުޅުނު "ޝާންތިޕްރިޔާ" ނުވަތަ "ޑްރީމީ ގާރލް" ގެ ކެރެކްޓަރަކީވެސް ހޭމާ މާލިނީގެ އަސްލު ދިރިއުޅުމުގެ "ޑްރީމް ގާރލް" ލަގަބާ ގުޅުވައިގެން އުފައްދާފައިވާ ރޯލެކެވެ.
ފިލްމީ ދާއިރާގައި 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ކުލަގަދަ ރަސްމިއްޔާތާ ގުޅޭގޮތުން އެކްސް ގައި ހޭމާ ލިޔެފައިވަނީ، އެއީ ވަރަށް ހިތްގައިމު އަދި ފުރިހަމައަށް އިންތިޒާމުކުރެވިފައިވާ ހަފުލާއެއް ކަމަށެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރު ކިރަން ރިޖިޖޫ އާއި މަހާރާޝްތުރާގެ މިނިސްޓަރު އާޝިޝް ޝެލާރް ބައިވެރިވެވަޑައިގެން ހޭމާގެ ފިލްމީ ޚިދުމަތްތަކަށް ތައުރީފު ކުރެއްވިއެވެ. އަދި ހޭމާގެ ފިރިކަލުން އަދި ލެޖެންޑަރީ އެކްޓަރު ދަރްމެންދުރާގެ ޚިދުމަތްތަކުގެ އަގުވެސް މި ބައްދަލުވުމުގައި ވަނީ ވަޒަންކޮށްފައެވެ.
1968 ވަނަ އަހަރު ރާޖް ކަޕޫރާއެކު "ސަޕްނޯ ކާ ސައުދާގަރް" އިން ބޮލީވުޑަށް ތައާރަފުވި ހޭމާ މާލިނީ އަކީ އިންޑިއާގެ ސިނަމާގައި އެންމެ ނުފޫޒުގަދަ އެއް ބަތަލާއެވެ. އޭނާ ވަނީ "ޝޯލޭ"، "ސީތާ އައުރް ގީތާ"، "ބާގްބާން" އަދި "ސައްތޭ ޕޭ ސައްތާ" ފަދަ އެތައް ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. ބަތަލާއެއްގެ އިތުރުން ހޭމާ އަކީ ކުޅަދާނަ ކްލާސިކަލް ޑާންސަރެއް އަދި ސިޔާސީ ދާއިރާގައިވެސް ހަރަކާތްތެރި މެންބަރެކެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު