މާލޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު މާލޭގައި ތަކެތީގެ އަގު ވަނީ މީގެ ކުރީ މަސްތަކާ އަޅައިބަލާއިރު ވަރަށް ބޮޑަށް އުފުލިފައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު، މިއަހަރުގެ ޖޫން މަހު ތަކެތީގެ އަގު 8.04 ޕަސެންޓް އުފުލިފައިވާއިރު، މޭ މަހާ އަޅައިބަލާއިރު ވެސް 2.17 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފެންނަން ހުރެފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 8.60 ޕަސެންޓް ބޮޑުވެފައެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތަރުކާރީގެ އަގަށެވެ. އެގޮތުން، ހަމައެކަނި ޖޫން މަހުގެ ތެރޭގައި ތަރުކާރީގެ އަގު 20.86 ޕަސެންޓް އުފުލިފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު އެއީ 22.44 ޕަސެންޓްގެ ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، އެއްގަމު މަހުގެ ބާވަތްތަކުގެ އަގު މިދިޔަ އަހަރާ އަޅައިބަލާއިރު 21.13 ޕަސެންޓް އުފުލިފައިވާއިރު، ބުއިމުގެ ބާވަތްތަކުގެ އަގުތައް ވަނީ 5.49 ޕަސެންޓް އުފުލިފައެވެ. ތެލާއި ގޭހުގެ އަގު މޭ މަހާ އަޅައިބަލާއިރު އެއްވަރެއްގައި ހުރި ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު އެ އަގުތައް ވަނީ 14.54 ޕަސެންޓް އިތުރުވެފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ. ޚާއްސަކޮށް، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫއަރައި، ތެލާއި އެހެނިހެން މުދަލުގެ އަގުތައް އުފުލުމަށް މަގުފަހިވެފައިވެއެވެ.
މީގެ އިތުރުން، މިއަހަރު 1.1 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރަން ޖެހިފައިވުމާއި، ބައިނަލްއަގުވާމީ އިދާރާތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު ބޮޑުކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ފަދަ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު