ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، ކްރިޓިކުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު 'ތުމްބާޑް' ގެ ދެވަނަ ބަޔާ ގުޅިފައިވާކަން ރަސްމީކޮށް ކަށަވަރުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ފިލްމުގެ މައި ރޯލު ކުޅޭ އަދި ޕްރޮޑިއުސަރު ސޯހަމް ޝާހް އެވެ. ސޯހަމްގެ އިންސްޓަގްރާމްގައި އާލިއާއާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން އޭނާ ވަނީ 'ތުމްބާޑް 2' ގެ އާއިލާއަށް އާލިއާއަށް މަރުހަބާ ކިޔާފައެވެ. މި ފޮޓޯތަކުން ފެންނަނީ ދެ ތަރިންވެސް ކަޅު ކުލައިގެ ހެދުމުގައި ތިއްބައެވެ.
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އާލިއާ ބަޓް ބޮމްބޭ ޓައިމްސްއަށް ބުނީ، 'ތުމްބާޑް' އަކީ އޭނާ ބަލާލި ދުވަހުން ފެށިގެން ހިތުގައި ބިންވަޅު ނެގިފައިވާ ފިލްމެއް ކަމަށެވެ. އަދި މިފަދަ ތަފާތު، ކާމިޔާބު ދުނިޔެއެއްގެ ބައެއްގެ ގޮތުގައި ހިމެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާލިއާ ފާހަގަކުރިއެވެ. އާލިއާ އިތުރަށް ބުނީ ސޯހަމް ޝާހް އަދި ނަވާޒުއްދީން ސިއްދީގީ ފަދަ ހުނަރުވެރި ފަންނާނުންނާއެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.
'ތުމްބާޑް' ގެ ފުރަތަމަ ބަޔަކީ އޭގެ މާހައުލާއި، މެދުނުކެނޑި ވެހޭ ވާރޭގެ މަންޒަރުތަކަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ފިލްމެކެވެ. ފުރަތަމަ ބައިގެ މަންޒަރުތައް ހަތަރު އަހަރުގެ މޫސުމީ ވާރޭގެ ތެރޭގައި ކޮށްފައިވާއިރު، ދެވަނަ ބައިގައިވެސް އެ އަސްލުކަން ދެމެހެއްޓުމަށްޓަކައި އުފެއްދުންތެރިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފިލްމާ ގާތް ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި، މިފަހަރުވެސް އާޓިފިޝަލްކޮށް ވާރޭ ވެއްސުމުގެ ބަދަލުގައި، ފިލްމުގެ ޓީމުން އަންނަނީ ގުދުރަތީ ވާރޭގެ ފުރުސަތު ހޯދުމަށް މޫސުމަށް ބަލައިގެން މަސައްކަތް ކުރަމުންނެވެ. ބައެއް ލޮކޭޝަންތައް ހަމަޖައްސާފައިވަނީވެސް އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުންނެވެ.
ސޯހަމް ޝާހް ފިލްމްސް އާއި ޕެން ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓް ކުރަނީ އަދޭޝް ޕްރަސާދު އެވެ. ބެލުންތެރިން އެންމެ އިންތިޒާރުކުރާ 'ތުމްބާޑް 2' ސިނަމާތަކަށް އަންނާނެ ކަމަށް އިއުލާންކޮށްފައިވަނީ 3 ޑިސެމްބަރު 2027 ގައެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު