ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޤާނޫނީ ޙައްޤުތައް ހޯދައިދިނުމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށް މި މައްސަލާގައި އިސްލާމީ ޤައުމުތަކުގެ އެއްބާރުލުން އިތުރަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ޢިރާޤުގެ ބަޣުދާދުގައި ކުރިއަށްދިޔަ އިސްލާމީ އެއްބާރުލުންދޭ ޖަމްޢިއްޔާ (އޯ.އައި.ސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ތަރައްޤީގެ މަޝްރޫޢުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ފުޅާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
އޯ.އައި.ސީގައި ދިވެހިރާއްޖެ ހަރަކާތްތެރިވާން ފެށިތާ 50 އަހަރު ފުރޭ މި އަހަރު، އިސްލާމީ ޤައުމުތަކާ ގުޅިގެން ޤައުމީ މަޞްލަޙަތުތަކަށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރު އިރުތިޝާމް ދެއްވިއެވެ. އެކަމަނާގެ މި ދަތުރުފުޅުގެ ހަވާސާގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެ ޖަމްޢިއްޔާގެ މެންބަރު ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ކޮންމެ އަހަރަކު ބާއްވާ މި ބައްދަލުވުމަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތައް އެއްތަނަކަށް ޖަމާވެ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދުމަށް މަޝްވަރާކުރާ ބައްދަލުވުމުކެވެ. ވަޒީރު އިރުތިޝާމްގެ މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު