ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ކުރިއަށް އޮތް ބޮޑު ބަޖެޓް ފިލްމު "ޕްރަލޭ" އާ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ނާކޯސް" ގެ ކެމެރާމަން (ސިނަމަޓޯގްރާފަރު) ހުއާން ކާލޯސް ގިލް މިހާރު ގުޅިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ފިލްމުގެ އުފެއްދުންތެރިން ބޭނުންވަނީ ހޮލީވުޑް ފެންވަރުގެ މަންޒަރުތަކެއް މި ފިލްމުން ބެލުންތެރިންނަށް ދެއްކުމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ހުއާންއަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށް އެފަރާތުން ގަބޫލުކުރެއެވެ. މިއީ ހުއާން ބޮލީވުޑް ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ވިކްރާންތު މަސީގެ "ވައިޓް" ގައިވެސް މަސައްކަތް ކޮށްފައެވެ.
ޖައި މެހެތާ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން އަންނަ އޯގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރަންވީރު ސިންގް މި ފިލްމުގެ މުހިންމު ބައެއް އޮސްޓްރޭލިއާގައި ޝޫޓްކުރާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ދަތުރުގައި އޭނާއާއެކު، ހިންދީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ބަތަލާ ކަލްޔާނީ ޕްރިޔަދަރްޝަން ބައިވެރިވާނެއެވެ. ދާދި ފަހުން ރަންވީރު ވަނީ ފިލްމަށްޓަކައި އޭނާ ގެންގުޅޭ އާ "ލުކް" ސިއްރުކުރުމުގެ ގޮތުން މޫނު ނިވާކޮށްގެން އުޅެނިކޮށް މީޑިއާތަކަށް ފެނިފައެވެ.
"ޕްރަލޭ" އަކީ ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން ހަލާކުވެފައިވާ މުމްބާއީ ސިޓީއެއްގައި، ޒޮމްބީންގެ ކިބައިން ސަލާމަތްވުމަށް ދެމަފިރިއަކު ކުރާ ހަނގުރާމަ ދައްކުވައިދޭ "ޕޯސްޓް-އެޕޯކަލިޕްޓިކް" ތުރިލާއެކެވެ. މިއީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މިއީ ރަންވީރުގެ ކެރިއަރުގައި މިހާތަނަށް މަސައްކަތްކުރާ އެންމެ އަގުބޮޑު ފިލްމަށް ވާއިރު، އޭނާގެ އަމިއްލަ ކުންފުނި "މާ ގަސަމް ފިލްމްސް" އިންވެސް މި ފިލްމު ޕްރޮޑިއުސްކުރެއެވެ.
ފިލްމުގެ މަސައްކަތްތައް ދީޕާވާލީއާ ހަމައަށް ކުރިއަށް ގެންދިއުމަށްފަހު، ރަންވީރު ބައްޕައަކަށް ވާތީ، އޭނާ ކުޑަ ދުވަސްކޮޅެއްގެ ބްރޭކެއް ނަގާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު