ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ސިއްދީގީ، ފިލްމީ ދާއިރާގައި 25 އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު، އޭނާގެ ފަންނީ ހަޔާތް ފެށިގެން އައި ތިއޭޓަރު ނުވަތަ ސްޓޭޖް ޑްރާމާތަކަށް އަލުން އެނބުރި އަތުވެއްޖެއެވެ.
ނިއުސް18 އިންޑިއާގެ މެނޭޖިންގ އެޑިޓަރު ކިޝޯރު އަޖްވާނީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނީ، މެދުނުކެނޑި ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން އޭނާގެ ފަންނުވެރިކަމަށް ހުއްޓުމެއް އައިސްފައިވާ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. "އަހަރެން މިވީ ހުރިހާ ދުވަހު ތިއޭޓަރުގެ އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި ފިލްމުތަކަށް ސަމާލުކަން ދިނީ. އޭގެ ސަބަބުން އެކްޓިންގްގައި ހުއްޓުމެއް އައިސް ފޫހިވާ ހިސާބަށް ދިޔައީ. އަހަރެން ބޭނުންވީ ކުރީގެ ނަވާޒުއްދީން މަސައްކަތްކުރި ގޮތަށް އެނބުރި ގޮސް، އެ ހުނަރުތައް އަލުން ހޯދަން،" ނަވާޒުއްދީން ބުންޏެވެ.
ނަވާޒުއްދީން އަލުން ތިއޭޓަރަށް ނުކުމެފައިވަނީ "ނަޤާބް" ކިޔާ ކޮމެޑީ-ތުރިލާ ޑްރާމާއަކުންނެވެ. މިއީ ފަރިތޯޝް ޕެއިންޓަރު ލިޔެ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. މިއީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އޭނާ ސްޓޭޖް މަތިން ފެންނަ ފުރަތަމަ ފަހަރަށްވާއިރު، މި ޑްރާމާގެ އެންމެ ހާއްސަ އެއް ކަމަކީ ނަވާޒުއްދީންގެ ދަރިފުޅު، ޝޯރާ ސިއްދީގީ ވެސް މި ޑްރާމާއިން ފެނިގެން ދިއުމެވެ. މިއީ ޝޯރާގެ އަލަތު އެކްޓިންގް މަސައްކަތްވެސްމެއެވެ.
ދަރިފުޅާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން ނަވާޒުއްދީން ބުނީ، އަމިއްލައަށް އެކްޓް ކުރުމަށްވުރެ ބޮޑަށް ދަރިފުޅާއެކު ސްޓޭޖްމަތީގައި ހުންނަން ޖެހުމުން މާ ބޮޑަށް ނާވަސްވި ކަމަށެވެ. އަދި ދަރިފުޅުގެ ރިއެކްޝަންތަކަށް ވަރަށް ބޮޑަށް ބެލުނު ކަމަށާއި، ނަމަވެސް ބެލުންތެރިންގެ ކުރިމަތީގައި ޝޯރާ ކަންތައްތައް ކުރިލީ ގޮތުން އޭނާއަށް ވަރަށް ބޮޑު އިތުބާރެއް ލިބުނު ކަމަށް އޭނާ ހާމަކުރިއެވެ.
"ނަޤާބް" އަކީ އިންސާނުންގެ ދިރިއުޅުމުގައި އަޅައިގެން އުޅޭ އެކި ކަހަލަ "މާސްކު" ނުވަތަ މޫނުމަތިތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ސަސްޕެންސާއި މަޖާ ހާދިސާތަކެއް ހިމެނޭ ޑްރާމާއެކެވެ. މި ޑްރާމާގެ ލައިވް ޝޯތައް މިހާރު ދަނީ ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކަމުންނެވެ. އެގޮތުން އެމެރިކާގެ ޗިކާގޯ ފަދަ ސިޓީތަކުގައި މިހާރުވެސް މި ޑްރާމާގެ ހުށަހެޅުންތައް ކުރިއަށްދެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު