ރާއްޖޭގެ ބާޒާރުގައި ވިއްކާ އަސާސީ ތަކެތީގެ އަގުތައް މިދިޔަ މެއި މަހު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މިއަހަރުގެ މެއި މަހު އަސާސީ ތަކެތީގެ އަގު ވަނީ 6.63 ޕަސެންޓް މަތިވެފައެވެ. އެގޮތުން އެންމެބޮޑަށް އަގު އުފުލިފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުންނެވެ. އެ ބާވަތްތަކުގެ އަގު 19.9 ޕަސެންޓް އުފުލިފައިވާއިރު، ކާނާގެ ބާވަތްތަކުގެ އަގު 6.51 ޕަސެންޓް އަދި ބުއިމުގެ ބާވަތްތަކުގެ އަގު ވަނީ 5.15 ޕަސެންޓް އުފުލިފައެވެ.
ތަކެތީގެ އަގުތައް މިގޮތަށް އުފުލެމުންދަނީ ރާއްޖޭގެ މާލީ ހާލަތަށާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެންނެވެ. ހާއްސަކޮށް، ރާއްޖޭގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ މީގެ މައިގަނޑު އެއް ސަބަބެވެ. ރާއްޖޭން މި އަހަރުވެސް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ ދައްކާފައެވެ.
ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ވެސް ރާއްޖޭގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ. އެގޮތުން ފެބުރުވަރީ 28 ގައި ފެށުނު އީރާން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ރޫޓްތައް ބަންދުވުމުގެ ސަބަބުން ފަތުރުވެރިކަން ދަށްވެ، ރާއްޖޭގެ އާމްދަނީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލަފާކުރާ ގޮތުގައި، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހަމަލާތައް ބަދަލުކުރުން ކުރިއަށްދާތީ، ތަކެތި އެތެރެކުރުމުގެ ހަރަދު ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވާނެއެވެ. އެހެންކަމުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގައި ތަކެތީގެ އަގުތައް ހުންނާނީ މިހާރެކޭ އެއްގޮތަށް މަތީ މިންވަރެއްގައި ކަމަށް އެ އިދާރާތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު