ހދ. އަތޮޅުގައި އެންވެރިކަން ކުރަން އުޅުނު މަސްދޯންޏަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު، ކަނޑުގެ އޮއިވަރާއެކު ރަށެއްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި މިއަދު ފަތިހުގެ ވަގުތެއްގައި ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ހޮނޑާފުށި ކައިރީގައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔައީ ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ ފަޅުވެރިއެކެވެ
އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 4:00 ޖެހި ފަހުންނެވެ. މި ރިޕޯޓާ ގުޅިގެން ކޯސްޓްގާޑުގެ ޓީމުތަކުން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ ހޮނޑާފުށީގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު މީހާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި އުޅުނު ބަޔަކަށެވެ. އޭނާ ފެނިފައިވަނީ ގެއްލިގެން ރިޕޯޓްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.
އޭނާ ފެނުމާއެކު، އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، ބޭނުންވާ ފަރުވާ ދިނުމަށްފަހު މިހާރު އެ މީހާގެ ހާލު ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު