މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން އަންނަނީ އަލަށް ޒިޔާރަތްކުރާ މީހުންނާއި ޖޯޑުތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ އެ މިނިސްޓްރީން ދާދިފަހުން ކުރިއަށް ގެންދިޔަ "ވިޒިޓާ ސާވޭ" ގެ ނަތީޖާއިންނެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ، ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
މި ސާވޭގެ ނަތީޖާތަކަށް ބަލާއިރު، ރާއްޖެއަށް އައި ފަތުރުވެރިންގެ 73 އިންސައްތަ މީހުންނަކީ މުޅިން އަލަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންނެވެ. އަދި ރާއްޖެއަކީ "ހަނީމޫން" މަންޒިލެއްގެ ގޮތުގައި އޮތް މަގުބޫލުކަން ދަމަހައްޓަމުންދާކަން ހާމަވަނީ، އައި މީހުންގެ 65 އިންސައްތައަކީ އެމީހުންގެ ބައިވެރިޔާއާ އެކު (އަނބިމީހާ ނުވަތަ ފިރިމީހާއާ އެކު) އައި މީހުން ކަމަށްވާތީއެވެ. މީގެ އިތުރުން، އެންމެ ގިނައިން ރާއްޖެ އަންނަނީ "މިލޭނިއަލް" އުމުރުފުރާގެ ޒުވާނުންކަންވެސް މި ސާވޭއިން ވަނީ ފާހަގަކުރެވިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ޑިމާންޑް އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ. މިއީ ހަމައެކަނި އަގުހެޔޮވުމުގެ ސަބަބުން ނުވަތަ ދަތުރުފަތުރުގެ ފަސޭހަކަމުން އޮތް ޑިމާންޑެއް ނޫން ކަމަށާއި، މިއީ ސީދާ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާ ހޯދުމަށް ފަތުރުވެރިން ބޭނުންވާ މިންވަރު ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި ގެސްޓްހައުސް އާއި ސަފާރީ ފަދަ ތަފާތު ޕްރޮޑަކްޓްތައް ފުޅާވަމުން އައި ނަމަވެސް، ފަތުރުވެރިންގެ އެންމެ ބޮޑު ހިޔާރުކުރުމަކީ އަދިވެސް ރާއްޖޭގެ ޚާއްޞަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގެ ރިސޯޓުތަކެވެ. މި ދިރާސާއިން ދައްކާގޮތުގައި ފަތުރުވެރިން ރާއްޖޭގައި އެވަރެޖުކޮށް 4 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަކުރެއެވެ.
ނިމިދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކާއެކު، ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 2 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވަނީ ވާސިލުވެފައެވެ. މީގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ.
ފަތުރުވެރިން ރާއްޖެ އިޚްތިޔާރުކުރާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި މި ދިރާސާގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު