ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމް، މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ބަންޑްރާ ވެސްޓުން 84 ކްރޯޑް ރުޕީސްގެ އަގުބޮޑު ބަންގްލޯއެއް ގަނެފިއެވެ.
ޕްރޮޕަޓީ ރެޖިސްޓްރޭޝަން ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ޖޯން ގަނެފައިވާ މި ބަންގްލޯ ހުންނަނީ ބަންޑްރާ ވެސްޓްގެ ސެއިންޓް މާޓިން ރޯޑުގައެވެ. 1،017.60 އަކަމީޓަރުގެ ބޮޑު މި ބިމުގައި ހުރި ބަންގްލޯގެ ބޮޑުމިނަކީ ގާތްގަނޑަކަށް 193.12 އަކަމީޓަރެވެ. މީގެ އިތުރުން 31.50 އަކަމީޓަރުގެ އައުޓްހައުސްއެއްވެސް މި ބިމުގައި ހިމެނެއެވެ.
މި މުއާމަލާތް ރެޖިސްޓްރީކޮށްފައިވަނީ 14 ޖުލައި ގައެވެ. މި ބަންގްލޯ ގަތުމަށްޓަކައި ސްޓޭމްޕް ޑިއުޓީގެ ގޮތުގައި އެކަނިވެސް 5.04 ކްރޯޑް ރުޕީސް ޖޯން ވަނީ ދައްކާފައެވެ. މި ބިން ޖޯން ގަނެފައިވަނީ ނައުޝިރު އިރޫކް ދިވިޓްރޭ އާއި އޭނާގެ އާއިލާގެ މެންބަރުންގެ އަތުންނެވެ.
ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ޖޯން ކުރި ދެވަނަ ބޮޑު އިންވެސްޓްމަންޓެވެ. މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އޭނާ ވަނީ މުމްބާއީގެ ހާރު ސަރަހައްދުން 70.83 ކްރޯޑް ރުޕީސްއަށް ބަންގްލޯއެއް ގަނެފައެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ޖޯން މިހާރު ތައްޔާރުވަމުންދަނީ ރޯހިތު ޝެޓީގެ އައު ފިލްމެއްގައި މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ރޯލު ކުޅުމަށެވެ. މިއީ ރާކޭޝް މާރިއާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އޭނާ ލިޔެފައިވާ "ލެޓް މީ ސޭ އިޓް ނައު" ފޮތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
މި ފިލްމުގައި ދައްކުވައިދޭނީ ރާކޭޝް މާރިއާގެ ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ތަހުގީގުކުރި ނުރައްކާތެރި މައްސަލަތަކެވެ. އޭގެ ތެރޭގައި 1993 ވަނަ އަހަރުގެ މުމްބާއީ ސިލްސިލާ ބޮންގޮއްވުންތަކާއި 26/11 ގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިމެނެއެވެ.
މި ރޯލާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޖޯން ބުނީ، ރާކޭޝް މާރިއާ ފަދަ ގައުމީ ފެންވަރުގެ ބޭފުޅެއްގެ ރޯލު ކުޅުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އޭނާގެ މަގްސަދަކީ ހަމައެކަނި އެ ބޭފުޅާ ކޮޕީ ކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ބޭފުޅާގެ ވިސްނުމާއި، އޭނާ ކުރިމަތިލީ ގޮންޖެހުންތައް ދެނެގަނެ، އެ ރޯލަށް ފުރިހަމައަށް އިންސާފުކޮށްދިނުން ކަމަށްވެސް ޖޯން ބުންޏެވެ.

ARG
ކިޔުންތެރިންގެ ހިޔާލު