ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާ އިން ކަމަށްވާ މުރުނާލް ތާކޫރް އާއި ހުމާ ގުރޭޝީ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ޕޫޖާ މޭރީ ޖާން" ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ރިލީޒްކުރަން ނިންމައިފިއެވެ.
ނަވްޖޯތު ގުލާޓީ ޑައިރެކްޓްކޮށް، ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާފައިވާ މި ތުރިލާ ފިލްމު ރިލީޒްކުރާނީ "ޒީ5" އޯޓީޓީ ޕްލެޓްފޯމުގައެވެ. މިކަން އެ ޕްލެޓްފޯމުން ދާދިފަހުން އިއުލާންކޮށްފައިވީ ނަމަވެސް، ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސްޓޯކިން އާއި ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ މަސައްކަތް ނިންމާލާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ނަމަވެސް، ފިލްމު ރިލީޒްކުރުން ލަސްވެގެން ދިޔައީ ފިލްމު ދެއްކުމަށް ފުރަތަމަ ހަމަޖެހިފައި އޮތް "ޖިއޯ ސިނަމާ" އާއި "ޑިޒްނީ ޕްލަސް ހޮޓްސްޓާ" އެއްކޮށްލުމާ ގުޅިގެން ކުރިމަތިވި އިދާރީ އޮޅުންބޮޅުންތަކެއްގެ ސަބަބުންނެވެ.
މި ފިލްމު ރިލީޒްނުކުރެވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، ޑައިރެކްޓަރު ނަވްޖޯތު ގުލާޓީ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އޭނާގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަވްޖޯތު ބުނި ގޮތުގައި، 2024 ވަނަ އަހަރު ނިޔާވި އޭނާގެ ބައްޕަގެ އެންމެ ފަހުގެ އެދުމަކީވެސް މި ފިލްމު ބަލައިލުމެވެ. ނަމަވެސް ބައްޕަ ދުނިޔޭގައި ހުރިއިރު ފިލްމު ރިލީޒް ނުކުރެވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
މީގެ އިތުރުން، ފިލްމުގެ ކޯ-ޕްރޮޑިއުސަރު އަމަރު ކޯޝިކް އޭނާގެ ފޯނު ކޯލްތަކާއި މެސެޖުތަކަށް ޖަވާބު ނުދޭތީ އެކަމާވެސް ނަވްޖޯތު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ މިހާރު މި ވާހަކަތައް އާންމުކުރަން މަޖުބޫރުވީ، ފިލްމުގެ ޕްރޮޑިއުސަރުން މިކަމާ އަޅާނުލާތީ ކަމަށެވެ.
ވިކްރަމް ސިންގް ޗޯހާން އާއި ވިޖޭ ރާޒް ވެސް މުހިންމު ބައިތަކުން ފެންނަ "ޕޫޖާ މޭރީ ޖާން" އަކީ މިހާރުގެ މުޖުތަމައާ ގުޅޭ ވަރަށް މުހިންމު މައުޟޫއަކަށް ހަދާފައިވާ ފިލްމެއް ކަމަށް ޑައިރެކްޓަރު ފާހަގަކުރެއެވެ. ފިލްމުގެ މަސައްކަތް 2022 ގައި މުޅިން ނިމިފައިވާއިރު، ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުންދަނީ މި ފިލްމު ސްކްރީނަށް އަންނާނެ ދުވަހަކަށެވެ.

ARG
ކިޔުންތެރިންގެ ހިޔާލު