ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް" އަށް އިންތިޒާރުކުރާ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ މައިގަނޑު ޝޫޓިންތައް މިހާރު ވަނީ ނިންމާލާފައެވެ. ދެން ބާކީ އޮތީ ބޭރު ގައުމެއްގައި ނަގަންޖެހޭ ފަހު ޝެޑިއުލް އެކަންޏެވެ.
މި ފިލްމުގެ ފަހު ޝެޑިއުލް އަންނަ އޯގަސްޓް މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، މަންޒަރުތައް ނެގުމަށް އެމެރިކާ އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތައް ބެލުމުގެ މަސައްކަތް ޕްރޮޑަކްޝަން ޓީމުން ދަނީ ކުރަމުންނެވެ. ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދާއި ޝާހްރުކް ޚާން ބޭނުންވަނީ މީގެ ކުރިން ފިލްމުތަކުން މާ ބޮޑަށް ފެނިފައިނުވާ އައު ތަންތަނުގައި މި މަންޒަރުތައް ނެގުމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝާހްރުކްގެ އުފަންދުވަހާ ދިމާކޮށް ރަސްމީކޮށް އިއުލާންކުރި "ކިންގް" އަކީ އެކްޝަން ތުރިލަރެކެވެ. ފިލްމުގެ ޓީޒާއާއެކު އޭނާގެ "ސިލްވަރ ހެއަރ" ލުކް އަދި "ޑަރު ނެހީ، ދެހްޝަތު ހޫން" މި ޑައިލޮގް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.
ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމަކީ ޝާހްރުކް އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ޝާހްރުކް ކުޅެނީ ވަރުގަދަ ގާތިލެއްގެ ރޯލެވެ. އަދި ސުހާނާ ފެންނާނީ އޭނާގެ ބެލުމުގެ ދަށުން ތަމްރީނުވާ ނުރައްކާތެރި މިޝަންތަކަށް ނުކުންނަ ކުއްޖެއްގެ ގޮތުގައެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ރާނީ މުކަރްޖީ، އަރުޝަދު ވަރްސީ އަދި އަބޭ ވަރްމާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ފަހު ޝެޑިއުލް ނިމުމާއެކު ފިލްމުގެ ރިލީޒްކުރާ ތާރީޚު އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު