ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ބުނެ، ސާބިތު ނުހިފޭ މައުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ އުފެއްދުންތަކާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް، ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ދައްކައިގެން ގިނަ އަދަދެއްގެ އުފެއްދުންތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އިޝްތިހާރު ކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމަށް އާންމުންނަށް ބާރުއަޅައި ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން މިފަދަ އުފެއްދުންތައް މާކެޓުކުރުމަކީ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި، ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ބޮޑުކަން އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ގަވާއިދުތަކަށް އަލިއަޅުވާލައްވަމުން އެ އޮތޯރިޓީން ބުނީ، ސިއްހީ ގޮތުން ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބައްޔަކަށް ފަރުވާ ލިބޭނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ ރާއްޖޭގައި މަނާކަމެއް ކަމަށެވެ. އަދި އުފެއްދުމެއްގެ އަސްލު އޮޅޭ ގޮތަށް ނުވަތަ ހަގީގަތާ ހިލާފު ސިފަތަކެއް އެކުލެވޭ ކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، ކާބޯތަކެތި މާކެޓުކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލެނބުމަށް ވިޔަފާރިވެރިންނަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ސާބިތު ނުހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންހެޔޮ ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން ގަވާއިދުން ކަސްރަތު ކުރުމަށް އާންމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު