ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ، އިންޑިއާގެ ސުޕަރސްޓާރ ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސްޕިރިޓް" އާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.
މި ފިލްމުގެ މަސައްކަތްތައް ފެށުނީއްސުރެ ގިނަ ސިއްރުތަކެއް ހިފަހައްޓާފައިވީ ނަމަވެސް، ފިލްމުގެ ކާސްޓަށް އަންނަ ބަދަލުތަކުގެ ޚަބަރުތަކުން މިހާރު ވަނީ މީޑިއާ ގުގުމާލާފައެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، މި ފިލްމުގެ މުހިންމު ރޯލަކުން ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ފެނުމުގެ ފުރުސަތު ބޮޑެވެ. ޑެކަން ހެރަލްޑް ރިޕޯޓްތަކާ ހަވާލާދީ ބުނާގޮތުން، ޕްރަބާސް އާއި ތްރިޕްތީ ދިމްރީ ފެނިގެންދާ މި ފިލްމުގައި ކެޓްރީނާ ކުޅޭނީ ކުރު ނަމަވެސް ވަރަށް ނުފޫޒުގަދަ 'ކެމިއޯ' ރޯލެކެވެ. މިއީ ފިލްމުގެ ވާހަކައިގެ އޮއިވަރު ބަދަލުކޮށްލާނެ މުހިންމު ރޯލެއް ކަމަށް ބެލެވެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ފަރާތުން ނުވަތަ ކެޓްރީނާގެ ފަރާތުންވެސް އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ކެޓްރީނާ މި ފިލްމާ ގުޅިއްޖެނަމަ، މިއީ ގާތްގަނޑަކަށް 20 އަހަރަށްފަހު އޭނާ ތެލެގޫ ސިނަމާއިން ފެންނާނެ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން ތެލެގޫ ފިލްމަކުން ފެނިފައިވަނީ 'މައްލީސްވަރީ' އާއި 'އައްލާރީ ޕިޑުގޫ' އިންނެވެ. ވިކީ ކޯޝަލްއާ ކައިވެނިކުރުމަށްފަހު ކެޓްރީނާ މަސައްކަތްތަކާ ކޮންމެވެސް ވަރަކަށް ދުރުގައި ހުރިއިރު، އޭނާގެ ފަހުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
ކެޓްރީނާގެ ވާހަކަ ދެކެވެން މި ފެށީ، 'ކަލްކީ 2898 އޭޑީ' އަށްފަހު ޕްރަބާސްއާއެކު މި ފިލްމުން ފެންނާނެ ކަމަށް ބެލެވުނު ދީޕިކާ ޕަދުކޯން ފިލްމުން ވަކިވި ކަމުގެ ޚަބަރުތަކަށް ފަހުގައެވެ. ރިޕޯޓްތައް ބުނާގޮތުން ދީޕިކާ ވަކިވީ އޭނާ ހުށަހެޅި ބޮޑެތި ޝަރުތުތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި 25 ކްރޯޑް ރުޕީސްގެ ފީއަކާއި، ފިލްމުގެ ފައިދާގެ 10 އިންސައްތަ ހޯދުމާއި، ދުވާލަކު އެންމެ 8 ގަޑިއިރު މަސައްކަތް ކުރުން ހިމެނެއެވެ. އަދި ތެލެގޫ ބަހުން ޑައިލޮގްތައް ކިޔަން އޭނާ އިންކާރުކުރި ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.
ދީޕިކާގެ ބަދަލުގައި މިހާރު މި ރޯލަށް ތްރިޕްތީ ދިމްރީ ވަނީ ހަމަޖައްސާފައެވެ. މަސްދަރުތަކުން ބުނާގޮތުގައި ދީޕިކާ ވަކިވީ 'ވޯކް-ލައިފް ބެލެންސް' ހިފެހެއްޓުމުގެ ގޮތުން ކަމަށް އޭނާގެ ޓީމުން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫނެވެ. އަސްލު މައްސަލައަކީ އޭނާގެ އަގުބޮޑު ހުށަހެޅުންތަކާއި، މަސައްކަތުގައި ދެއްކި ބަދަލުނުކުރެވޭ ފަދަ އުނދަގޫ ގޮތްތަކެވެ. މި ހުރިހާ ޚަބަރުތަކެއް ފެތުރެމުންދާއިރުވެސް، ދީޕިކާ ނުވަތަ "ސްޕިރިޓް" ގެ ޓީމުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު