މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އަމާލް މާލިކް، އޭނާގެ ފަންނުވެރި ބައިވެރިޔާ ތަނީޝްކް ބަގްޗީއާ ދެކޮޅަށް މިއުޒިކް ވަގަށް ނެގުމާއި، "މީޓޫ" ފަދަ ސީރިއަސް ތުހުމަތުތަކެއް ކޮށް، މިއުޒިކް އިންޑަސްޓްރީގައި ބޮޑު ހައިޖާނެއް އުފައްދައިފިއެވެ.
އަމާލް މާލިކް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކެއްގައި، ސީދާ ތަނީޝްކްގެ ނަން ފުރަތަމަ ބޭނުން ނުކުރި ނަމަވެސް، "މިސްޓަރ ރީމިކްސް" އަދި "އޮރިޖިނަލް އުފެއްދުންތައް ހަލާކުކުރާ މީހާ" ގެ ނަމުން އޭނާއަށް ނިސްބަތްކޮށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ފަހުން އޭނާގެ ފޮޓޯ ހިއްސާކޮށް، ތަނީޝްކްއަކީ މިއުޒިކް އިންޑަސްޓްރީގެ "ޒަޒޫ" ކަމަށް ސިފަކޮށްފައެވެ.
މި މައްސަލަ ހޫނުވީ، "ސައިޔާރާ" ފިލްމުގެ ރޯޔަލްޓީ ފައިސާ ޔަޝް ރާޖް ފިލްމްސް އިން ނުދޭކަމަށް ބުނެ ތަނީޝްކް ކުރި ޝަކުވާއަކާ ގުޅިގެންނެވެ. އަމާލް ތުހުމަތުކުރާ ގޮތުގައި، ތަނީޝްކް ވަނީ ފަހީމް އަބްދުﷲ އަދި އަރުސަލާން ނިޒާމީގެ މަސައްކަތްތަކެއް ވަގަށް ނަގައި، ޑައިރެކްޓަރު މޯހިތު ސޫރީއަށް އޮޅުވާލައިގެން އެ ފިލްމުގެ މަސައްކަތް ހޯދާފައެވެ. އަދި އެ ލަވައަކީ ޖުބިން ނޯޓިޔާލްގެ "ހަމްނަވާ މޭރޭ" އާ އެއްގޮތް ލަވައެއް ކަމަށްވެސް އޭނާ ބުންޏެވެ.
އަމާލްގެ އެންމެ ސީރިއަސް ތުހުމަތަކީ ތަނީޝްކް އަންހެން ލަވަކިޔުންތެރިންނާ މެދު ބަހައްޓާ ނޭދެވޭ ސުލޫކުގެ ވާހަކައެވެ. އޭނާ ބުނި ގޮތުގައި ތަނީޝްކް އަންހެން ފަންނާނުންގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އޭނާއާ ދެކޮޅަށް "މީޓޫ" މައްސަލައެއް ނޫން ކަމަށާއި، "މީތުރީ" މައްސަލައެއް ކުރިމަތިވާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އަމާލް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، ތަނީޝްކް އަކީ މީހުންގެ ކުރިމަތީގައި އެކުވެރިކަން ދައްކައިގެން އުޅޭ، ނަމަވެސް ސިއްރިއްޔާތުގައި އެހެން ފަންނާނުންގެ އަގު ވައްޓާލަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި އަމާލް ސިފަކުރިއެވެ. އަމާލް ބުނި ގޮތުގައި ތަނީޝްކް ވަނީ އޭނާގެ ބައެއް ބާ ފޮޓޯތައް ބޭނުންކޮށްގެން، ފައިސާ ދީގެން އޭނާއާ ދެކޮޅަށް ޚަބަރުތައް ފަތުރާފައެވެ.
މި ހުރިހާ ތުހުމަތުތަކެއް ކުރެވުނު އިރު، ޔަޝް ރާޖް ފިލްމްސްއަކީ ޕްރޮފެޝަނަލް ކުންފުންޏެއް ކަމަށާއި، ތަނީޝްކް އެ ކުންފުންޏަށް ފާޑުކިޔަނީ އެއްވެސް އަސާސެއް ނެތި ކަމަށްވެސް އަމާލް ވަނީ ބުނެފައެވެ.
މިހާތަނަށް ތަނީޝްކް ބަގްޗީގެ ފަރާތުން މި ތުހުމަތުތަކަށް އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އަމާލްގެ ވާހަކަތަކުގައި ބަޔާންކުރި ފަހީމް، އަރުސަލާން ނުވަތަ މޯހިތު ސޫރީވެސް މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ، އަމާލްގެ އައު ލަވަ "ޔޭ އަވާރާޕަން" އާ ގުޅިގެންވެސް އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު