ފަހަކަށް އައިސް ފިލްމީ މައިދާނުގައި، ޚާއްޞަކޮށް ދެކުނު އިންޑިއާގެ ފިލްމުތަކުގައި ވިލަންއެއްގެ ގޮތުގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ ބޮބީ ޑިއޯލް، އޭނާގެ މަސައްކަތާ ގުޅޭގޮތުން މަޖާޒީ ރޫޙެއްގައި ތަފާތު ވާހަކައެއް ދައްކައިފިއެވެ. ބޮބީ ބުނި ގޮތުގައި އޭނާއާ އެކު ފިލްމުތަކުގައި މަސައްކަތްކުރާ ބައެއް ތަރިންނަކީ ފަހުން ސިޔާސީ ގޮތުން ބޮޑެތި މަޤާމުތަކަށް އަންނަ ބޭފުޅުންނެވެ.
ދަ ހޮލީވުޑް ރިޕޯޓަރަށް ދިން އިންޓަވިއުއެއްގައި ބޮބީ ބުނީ، އޭނާއާ އެކު މަސައްކަތްކުރި ތަރިން ކަމަށްވާ ނަންދަމޫރީ ބާލަކްރިޝްނާ، ޕަވަން ކަލްޔަން އަދި ތަލަޕަތީ ވިޖޭ ފަދަ ތަރިންނާ ގުޅޭގޮތުން އޭނާއަށް ފާހަގަކުރެވުނު އެންމެ އާދަޔާޚިލާފު ކަމަކީ، އެ ތަރިންނާއެކު ފިލްމެއްގައި މަސައްކަތްކޮށް ނިމޭއިރު، އެ ބޭފުޅުން ސިޔާސީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ވަޒީރުންގެ ފެންވަރުގެ މަޤާމުތަކަށް ވަޑައިގަތުމެވެ.
"މިއީ ހަމަ މަޖަލަކަށް ބުނާ ވާހަކައެއް. އެކަމަކު އަހަރެން މި ތަރިންނާ އެކު މަސައްކަތް ކުރާ ކޮންމެ ފަހަރަކު، އެމީހުން އެބަ ތިބޭ ވަޒީރުންނަށް ވެފައި،" ބޮބީ ހިނިތުންވުމާއެކު ބުންޏެވެ
މިގޮތުން ބޮބީ ވަނީ ތެލެގޫ ފިލްމު 'ހަރީ ހަރާ ވީރާ މައްލޫ' ގައި ޕަވަން ކަލްޔަންއާ އެކު މަސައްކަތްކޮށްފައެވެ. ޕަވަން ކަލްޔަން އަކީ މިހާރު އަންދްރަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރެވެ. ހަމައެއާއެކު 'ޑާކޫ މަހާރާޖް' ގައި ބޮބީއާއެކު ފެނިގެންދިޔަ ނަންދަމޫރީ ބާލަކްރިޝްނާ އަކީ ވެސް އަންދްރަ ޕްރަދޭޝްގެ އެސެމްބްލީ ގޮނޑިއެއް ތިން ފަހަރު ކާމިޔާބު ކުރައްވާފައިވާ ސިޔާސީ ބޭފުޅެކެވެ
މިހާރު ރިލީޒްވުމަށް ތައްޔާރުވަމުންދާ 'ޖަނަ ނާޔަގަން' ގައި ބޮބީ ފެނިގެންދާނީ މަޝްހޫރު އެކްޓަރު ވިޖޭގެ އިދިކޮޅު ވިލަން 'ފީނިކްސް' ގެ ރޯލުންނެވެ. ވިޖޭ އަކީ ވެސް މިހާރު އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވައި، ސިޔާސީ ދާއިރާއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ވިޖޭއާ ބެހޭގޮތުން ވާހަކަ ދައްކަމުން ބޮބީ ބުނީ، ވިޖޭއަކީ ފިލްމު އިޝްތިހާރު ކުރުމަށް މާބޮޑު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އޭނާ އިސްކަންދެއްވަނީ މަސައްކަތުން ނަތީޖާ ދެއްކުމަށް ކަމަށެވެ.
ދާދިފަހުން ރިލީޒްވި 'ކަންގުވާ' ގައި ސޫރިޔާއާ އެކު ކުރި މަސައްކަތަށް އަލިއަޅުވާލަމުން ބޮބީ ބުނީ، ސޫރިޔާއަކީ ވަރަށް ގާތްކޮށް ވާހަކަދެއްކޭ، ހިތްހެޔޮ މީހެއް ކަމަށެވެ. ޚާއްޞަކޮށް ސޫރިޔާގެ އަންހެނުން ޖޯތިކާ އަކީ މުމްބާއީއަށް ނިސްބަތްވާ މީހަކަށް ވުމުން، ދެމީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވިކަން ބޮބީ ފާހަގަކުރިއެވެ
2023 ވަނަ އަހަރުގެ 'އެނިމަލް' އަށް ފަހު، ބޮބީ ޑިއޯލް އަކީ މިހާރު ދެކުނު އިންޑިއާގެ ބޮޑެތި ފިލްމުތަކުގައި ވިލަންގެ ރޯލުތަކަށް އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް ތަރިއެވެ.

ކިޔުންތެރިންގެ ހިޔާލު