ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމާންކަން މާދަމާގެ ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ މަތިވެރި އަމާނާތެއްގެ އިތުރުން އެއީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވަނީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. ފައިސަލް ވިދާޅުވީ މިއަދު ދިވެހިންނަށް މި ފެންނަ މިނިވަންކަމުގެ އުފަލަކީ، ގައުމު
ގެ ހައްގުގައި ގުރުބާންވި އިސްލާމީ އަބްތާލުން ކުރެއްވި މަތިވެރި ޚިދުމަތްތަކުގެ ފޮނި ނަތީޖާ ކަމަށެވެ.
މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، މި އަމާންކަން ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ ކޮންމެ ދިވެއްސަކުވެސް އުފުލަންޖެހޭ ޒިންމާއެއް ކަމަށެވެ.
"މި އަމާންކަމާއި މިނިވަންކަން މާދަމާގެ ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އަމާނާތެއް އަދި އަޅުގަނޑުމެން ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް،" ކުރީގެ ނައިބު ރައީސް ވިދާޅުވިއެވެ.
ފައިސަލްގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ، މާތް الله މި ލޮބުވެތި ދިވެހި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު