ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ އަމިއްލަ ޝަހުސިއްޔަތު ރައްކާތެރިކުރުމުގެ ހައްގާ ގުޅޭގޮތުން އުފެދިފައިވާ ގާނޫނީ މައްސަލަ، އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމުގެ އުފެއްދުންތެރިން ނިންމައިފިއެވެ.
މި މައްސަލަ ފެށުނީ 1998 ވަނަ އަހަރު ސަލްމާން ޚާންގެ މައްޗަށް ތުހުމަތުކުރެވުނު ކުލަ ފުލަނދު (ބްލެކްބަކް) ޝިކާރަކުރި މައްސަލައަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޓީޒާ އާއި ޕްރޮމޯޝަނަލް މެޓީރިއަލްތައް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ. ސަލްމާން ޚާން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ ހުއްދައެއް ނެތި އޭނާގެ އަމިއްލަ ޝަހުސިއްޔަތާއި އޭނާއާ ގުޅުންހުރި ސިފަތައް ފިލްމުގެ އިޝްތިހާރުތަކުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ޚާއްޞަކޮށް، ފިލްމުގެ ޓީޒާގައި ސަލްމާން ޚާން އަޅާ ފަދަ ނޫކުލައިގެ ބްރޭސްލެޓެއް އަޅައިގެން ހުންނަ، އޭނާއާ ވައްތަރު މީހަކު ފެންނަކަމާއި، ބަޑިއެއް ހިފައިގެން ހުންނަ މަންޒަރުތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ބެލުންތެރިންނަށް އޮޅުން އަރާނެ ކަމަށާއި، ހަތިޔާރުގެ މައްސަލައިން ސަލްމާން ބަރީއަވެފައި ވަނިކޮށް މިފަދަ މަންޒަރުތައް ދެއްކުމަކީ އޭނާގެ އަބުރަށް ހުތުރުވާނެ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.
މި މައްސަލައިގައި ދިއްލީ ހައިކޯޓުން ވަނީ ފިލްމުގެ ޓީޒާ އާއި އޭގެ ޕްރޮޑިއުސަރު އަމިތު ޖާނީ ދީފައިވާ އިންޓަވިއުތައް އިންޓަނެޓުން ނެގުމަށް އަމުރުކޮށްފައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ކޮންމެ ފަރުދެއްގެވެސް އަބުރާއި ޝަހުސިއްޔަތު ރައްކާތެރިކުރުމުގެ ހައްގު އޮންނަންޖެހެއެވެ.
ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު ބާރަތު އެސް ޝްރިނާތު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި، އެހެންނަމަވެސް މިއީ ފަންނުވެރިންގެ މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ފިލްމު އުފެއްދުމަކީ ގާނޫނީ ގޮތުން ލިބިދޭ ހައްގަކަށް ވާއިރު، މި ދެ ހައްގުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދާން ނިންމީ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާއިރު، "ކާލާ ހިރަން" ފިލްމު ވަރަށް އަވަހަށް ސެންސަރު ބޯޑަށް ހުށަހަޅާނެ ކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ. މިވަގުތު ހައިކޯޓުގެ އަމުރު ދެމިއޮތް ނަމަވެސް، އެންމެ މަތީ ކޯޓުން މިކަމުގައި ނިންމާ ގޮތަކުން ފިލްމީ ދާއިރާގައި މަޝްހޫރު މީހުންގެ ޙައްޤުތަކާއި ފަންނުވެރިންގެ މިނިވަންކަމާ މެދު އާ އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު